ޚަބަރު / ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުން

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ފަނޑިޔާރުކަމުގެ މަޤާމުން އިސްތިއުފާ ދިނުން

02/11/2022

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް 1 ނޮވެމްބަރ 2022 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މިގޮތަށް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ހުށަހަޅުއްވާފައިވަނީ، ކޮމިޝަނަށް ހުށަހެޅިފައިވާ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކަށް، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ލުއައްޔު އިބްރާހީމް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ މައްސަލާގައި، އަދި އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ލުއައްޔު އިބްރާހީމް ކޯޓުގެ ރަސްމީ ގަޑީގައި ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމަށް ބުނާ މައްސަލަ ތަޙްޤީޤަށް ސާބިތުވުމާއި ގުޅިގެން ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމާ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅާފައިވަނިކޮށެވެ.

މީގެ އިތުރުންވެސް، އަލްއުސްތާޛު ލުއައްޔު އިބްރާހީމްގެ އިތުރު 1 (އެއް) ޝަކުވާ މިކޮމިޝަނުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަޚްޤީޤުކުރުމުންދެއެވެ. އެއީ، ދުވަހު ކުއްޔަށް މަސައްކަތަށް ނުކުމެ އުޅުއްވާކަމަށް ތުހުމަތުކުރައްވާ ހުށަހަޅާފައިވާ މައްސަލައެކެވެ. 

ހިމަނާފައިވާ ލިޔުންތައް

2022-11-01_PR_Luayyu_resignation2 (1).pdf