ޚަބަރު / ފެމިލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު އިބްރާހިމް މާހިރު ޢައްޔަންކުރުން
ފެމިލީ ކޯޓުގެ އިސްޤާޟީގެ މަޤާމަށް އަލްއުސްތާޛު އިބްރާހިމް މާހިރު ޢައްޔަންކުރުން
ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް އިސް ޤާޟީއަކު ހޯދުމަށް ކޮމިޝަނުން ކޮށްފައިވާ ނަންބަރު (IUL)195-C/1/2022/20 (31 އޮގަސްޓް 2022) އިޢުލާނުގެ ދަށުން ދިވެހިރާއްޖޭގެ ފެމިލީ ކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަރވިއުކުރުމަށްފަހު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ރ.އަލިފުށި، މެޑޯޒް، އަލްއުސްތާޛު އިބްރާހިމް މާހިރު ފެމިލީ ކޯޓުގެ އިސްޤާޟީކަމަށް ޢައްޔަންކުރުމަށް ފެންނަކަމަށް 2022 އޮކްޓުބަރު 5 ދުވަހު ބޭއްވުނު މިކޮމިޝަންގެ 69 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
2005 ނޮވެންބަރު 09 ވަނަ ދުވަހު ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަންކުރެވުނު އަލްއުސްތާޛު އިބްރާހީމް މާހިރު އެންމެ ފުރަތަމަ ހުންނެވީ މަދަނީ ކޯޓުގައި ފަނޑިޔާރުކަމުގެ މަޤާމުގައެވެ. އެއަށްފަހު ފެމިލީ ކޯޓުގެ ޤާޟީކަމަށް ބަދަލުވެފައިވަނީ 2010 މޭ 23 އެވެ. ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަޤާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތެއްގައި އަލްއުސްތާޛު އިބްރާހީމް މާހިރުވަނީ ޚިދުމަތް ކުރައްވާފައެވެ.
ހިމަނާފައިވާ ލިޔުންތައް
2022-10-13_Mahir_FamilyCourtrev.pdf-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01