ޚަބަރު / ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

18/09/2022

ސިވިލް ކޯޓުގެ ޤަޟިއްޔާއަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހެޅުމުން އަޑު އެހުމެއް ބޭއްވުމަށްފަހު ވަގުތީ އަމުރާމެދު ގޮތެއް ނުނިންމައި ބޭއްވުމަށްފަހު،  "ވަގުތީ އަމުރާމެދު ނިންމިގޮތް" ނިންމާފައިވަނީ ވަގުތީ އަމުރަކާމެދު ގޮތެއް ނިންމުމަށް އެދި ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނިންމުމަށް އެކަށީގެންވާ މިންވަރަށްވުރެ ގިނަ ދުވަހުންކަމަށް ބެލެވޭތީ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގައި ޤާޟީ ޢަލީ ޢަބްދުﷲ ފަރުވާކުޑަކޮށްފައިވާކަމަށް ޤަބޫލުކުރެވޭ ހިނދު، ސިވިލް ކޯޓުގެ ޤާޟީ ޢަލީ ޢަބްދުﷲގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 151 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 6.1 އާއި 6.2 އަދި 6.5 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފު ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު  2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ) ޤާނޫނު ގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ޢަބްދުﷲއަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް 2022 ސެޕްޓެންބަރު 11 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 62 ވަނަ ޖަލްސާގައި ވަނީ ނިންމާފައެވެ. 

ހިމަނާފައިވާ ލިޔުންތައް

2022-09-11_PR_Ali_abdullah2.pdf