ސަރކިއުލަރ /

ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރެއްވުން

04/09/2022

"ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްޙީ ސަބަބުތަކަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު" ގެ ދަށުން 17 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނަންބަރު 2022/54 ވަނަ ބައްދަލުވުމުން މުސްކުޅިކުރުމަށް ނިންމާފައިވާ ތިރީގައި ދަންނަވާފައިއެވާ ދެ ބޭފުޅުން 04 ސެޕްޓެންބަރު 2022 ވަނަ ދުވަހު މަޤާމުން މުސްކުޅިކޮށްފައިވާ ކަމުގައި ދެންނެވީމެވެ.

 

-       ސިވިލް ކޯޓުގެ އިސް ޤާޟީކަމުގެ މަޤާމުގައި ހުންނެވި ބ.ކުޑަރިކިލު، މާތިލަ، އަލްއުސްތާޛު ޢަބްދުﷲ ޢަލީ.

 

-       ނ.ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ނ.ކެނދިކުޅުދޫ، ކެނދިކޮޅު. ފަތަޙަ، އަލްއުސްތާޛު އިބްރާހީމް އަޙްމަދު.

އެޓޭޗްމަންޓް

04-09-2022-CIR-17.pdf