ޚަބަރު / ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުން

ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކުރުން

22/08/2022

ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުالله ޢަލީ "އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމުން މުސްކުޅިކޮށްދިނުމަށް، 2022 އޮގަސްޓް 21 ވަނަ ދުވަހު އޮތް މި ކޮމިޝަންގެ 55 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. އަލްއުސްތާޛު ޢަބްދުﷲ ޢަލީ އަކީ ފަނޑިޔާރުކަމުގައި 36 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުالله ޢަލީ، 2022 ސެޕްޓެންބަރު 04 އިން ފެށިގެން މުސްކުޅިކޮށްދެއްވުމަށް ނިންމުމާ ގުޅިގެން، ސިވިލް ކޯޓު ވަގުތީގޮތުން ހިންގެވުން، އެތާރީޚުން ފެށިގެން، ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއާ ޙަވާލުކުރުމަށް މިކޮމިޝަނުން ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2022-08-22_PR_Civil_court_hingun_havaalkurun.pdf