ޚަބަރު / ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
ދިވެހިރާއްޖޭގެ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު 2022 ޖުލައި 17 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އަލްއުސްތާޛު ޒުބައިރު މުޙައްމަދަކީ 14 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ.ދަރަބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި އަލްއުސްތާޛު ޒުބައިރު މުޙައްމަދު ވަނީ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ކްރިމިނަލް ކޯޓުގައާއި ޑްރަގް ކޯޓުގައިވެސް އަލްއުސްތާޛު ޒުބައިރު މުޙައްމަދު ވަނީ މަސައްކަތް ކުރައްވާފައެވެ.
ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (1) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅިގެން 2022 ޖުލައި 17 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު ޒުބައިރު މުޙައްމަދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިވީއެވެ.
ހިމަނާފައިވާ ލިޔުންތައް
2022-07-06_CC_zubair_mohamed.pdf-
ފަހުގެ ލިޔުންތައް
-
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމުން
07 February 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް ނިންމުން
07 February 2023 12:02
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01