އިޢުލާން / ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ލީގަލް އޮފިސަރ

ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ލީގަލް އޮފިސަރ

28/06/2022

މި ކޮމިޝަނުން ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަގާމު: އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 1 / ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން / ޔުނިޓް: ލީގަލް، ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: -/7983 ރުފިޔާ

އެލަވަންސާއި އިތުރު ގަޑި:

- ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

- ނޮން ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %65): 5,188/95 ރުފިޔާ

- ހާޟިރީ އެލަވަންސް (ޙާޟިރީ އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން): -/150 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް އުޖޫރަ ދެވޭނެއެވެ.

އަސާސީ ޝަރުޠު:

- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

- މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މަޤާމަށް ބޭނުންވާ ދާއިރާ / މަސައްކަތުގެ ދާއިރާ:

- ޤާނޫނު

- ޝަރީޢަތާއި ޤާނޫނު

- ޝަރީޢާ

މަޤާމުގެ މަސްއޫލިއްޔަތު:

1- ފަނޑިޔާރުންގެ ސުލޫކާގުޅުންހުރި އެންމެހައި ޝަކުވާތައް ދިރާސާކުރުމާއި، ތަޙްޤީޤް މަސައްކަތްތައްތައް ކުރުމުގައި އެހީތެރިވުން

2- ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަޙްޤީޤް ކުރާ ކޮމިޓީގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކާއެކު މަސައްކަތްކުރުން

3- ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ދިރާސާކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކުންނާއި ފަރާތްތަކުން ސާފުކުރުން.

4- ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ދިވެހިރާއްޖޭގެ ޝަރުޢީކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ އެކަމަކަށް ޖަވާބުދާރީވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމުގައި އެހީތެރިވުން

5- ކޮމިޝަނުން އިދާރީ ހިންގުމަށް ބޭނުންވާ ކަންތައްތަކަށް ހަދާ އެގްރީމެންޓްތަކާ ކޮމިޝަނުން އެކިފަރާތްތަކަށް ދޭ ޖަވާބުތަކާއި ކުރާ މުޢާމަލާތުގައި ޤާނޫނީގޮތުން އެކަން އޮންނަންވާނެގޮތް ބަލައި އެގޮތުގެ މަތިން އެމުޢާމަލާތްތައް ހިންގުމަށް ދޭންޖެހޭ ޤާނޫނީ ލަފާ އަދި އިރުޝާދު ދިނުމުގައި އެހީތެރިވުން.

6- ކޮމިޝަނަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހެދުމާ ޢަމަލުކުރެވެމުންދާ ޤާނޫނާއި ޤަވާޢިދުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމުގައި ކޮމިޝަނަށް އެހީތެރިވުން.

7- ސެކްޝަންގެ މަސައްކަތްތަކާގުޅޭ އެންމެހާ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއެކު ކޮމިޓީތަކުގެ ނިންމެވުންތައް ކޮމިޝަނަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހާކަންތައްތައް ކުރުމާއި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން

8- ސެކްޝަނުން ޖަވާބުދޭން ޖެހޭ މައްސަލަތަކުގައި ވެރިންގެ ލަފައާ އިރުޝާދުގެމެތިން ޖަވާބުތައްޔާރުކޮށް ފޮނުވުން

9- މަތީގައި ބަޔާންކޮށްފައިވާ އެންމެހާ ކަންކަންކުރުމުގައި ސެކްޝަނުގެ އިސްވެރިޔާގެ ލަފާގެމަތިން ކުރުން

10- މަތީގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތްތައް އޮމާންކަމާއިއެކު އިންތިޒާމްކޮށް ހިންގުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އިންތިޒާމްކޮށް ހަމަޖެއްސުން

މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

1. ފުރިހަމަކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

2. ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު

3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. ކުރިމަތިލާ ފަރާތުގެ ވަނަވަރު

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު

ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.

6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ސެޓްފިކެޓް ލިބުން ލަސްވަމުންދާ ސަބަބު ބަޔާންކޮށް، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއި ނުރަސްމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.

7. ކުރު މުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ

8. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ

ސުންގަޑި: 7 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ހ.ސަކީނާމަންޒިލް / ގްރައުންޑް ފްލޯ) އަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

1. ކޮމިޝަންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް އަދި ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ ފޯމް ބާތިލްވާނެއެވެ.

2. މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

3. މެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާނަމަ، މަޤާމާށް ކުރިމަތިލައްވާ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ފޯނު ނަންބަރު މެއިލްގައި ލިޔަންވާނެއެވެ.

4. މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަންއާއެކު ފޮނުވާ ލިޔެކިޔުންތައް ހުންނަންވާނީ ޕީ.ޑީ.އެފް (pdf) ފޯމެޓްގައެވެ. އަދި ފޮނުވާ ލިޔެކިޔުންތައް އޮންލައިން ޑްރައިވްއެއްގައި ފޮނުވާނަމަ، މިކޮމިޝަނަށް ހުޅުވޭ ގޮތަށް އެކްސެސް ދެވިފައިވާންވާނެއެވެ.

5. މި މަޤާމަށް އެޕްލައިކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުންނަށް، މަސައްކަތަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް އިމްތިހާނެއް ދެވޭނެއެވެ. އަދި އޭގެ ފަހުގައި އެ ފަރާތްތައް އިންޓަރވިއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

6. ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ޤާބިލުކަން ވަޒަންކުރުމަށްޓަކައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެކަމަށް ޕެނަލްއިން ނިންމައިފިނަމަ، ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަންގެ ތަފްޞީލު މަޢުލޫމާތާއެކު، ޕްރެޒެންޓޭޝަން ހުށަހަޅަން ހަމަޖެހިފައިވާ ދުވަހުގެ 2 ދުވަސް ކުރިން ވަޒީފާއަށް އެދިފައިވާ ފަރާތަށް އަންގާނެއެވެ.

7. އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އެނޫން ކެންޑިޑޭޓުންނަކަށް އެ ކަމެއް ލިޔުމަކުން ނާންގާނެއެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓްކޮށް ނިމުމުން އެކަން މި ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ.

8. އިންޓަވިއު ކުރެވުނު ފަރާތްތަކަށް ލިބުނު ޖުމްލަ މާކުސް ދާދި އެއްވަރެއްގައި ހުރި ނަމަ، އިންޓަވިއު ޕެނަލްގެ މެންބަރުންނަށް ފެންނަނަމަ، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ މެދުގައި 2 ވަނަ އިންޓަވިއުއެއް ކުރިއަށް ގެންދެވިދާނެއެވެ.

9. މި ވަޒީފާއަށް ކުރިމަތިލެއްވުމަށްފަހު ޝޯޓްލިސްޓްކުރެވި އިންޓަރވިއުއަށް ޙާޟިރުވުމަށް ދެންނެވުމުން އިންޓަރވިއުއަށް ޙާޟިރު ނުވާ ފަރާތްތައް ޑިސްކޮލިފައި ކުރެވޭނެއެވެ.

10. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. ވަޒީފާއަށް އެދޭ ފޯމް، www.jsc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ހިމަނާފައިވާ ލިޔުންތައް

2022-06-28_Iulaan 12_Asst.Legal Officer.pdf