- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުން
10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި ޤާބިލުކަމަށް ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ކެނޑިޑޭޓުން، 03 މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ނިންމައިފިއެވެ.
އެގޮތުން ޤާބިލްކަމަށް ކޮމިޓީން ލަފާއަރުވާފައިވާ ތ.ގުރައިދޫ، ކުރި، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށާއި، ގދ.ތިނަދޫ، ކޯރަލް، އަލްއުސްތާޛާ ނަޝާޠަތު ޒައީމާ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަދި ހދ.ނޮޅިވަރަން، ހިޔާ، އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރު ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓަށް ޢައްޔަންކުރުމަށް 2022 ޖޫން 05 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މި އަހަރުގެ 38 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.
އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނާރސް އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 4 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
އަލްއުސްތާޛާ ނަޝާޠަތު ޒައީމާ އަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާޞިލްކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕޮރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރުވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައެވެ. އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާރމެއްފައި 02 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކުރައްވާއެވެ.
އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 01 ވަނަ ދުވަހެވެ.
އެޓޭޗްމަންޓް
2022-06-16_PR_768.pdf
-
ފަހުގެ ލިޔުންތައް
-
ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ޝަރީފާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
30 June 2022
-
ނޫސް ބަޔާން
28 June 2022
-
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
27 June 2022
-
ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލްއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
26 June 2022
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުން
23 June 2022
-
ފަހުގެ ލިޔުންތައް
-
ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ޝަރީފާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
30 June 2022 12:06
-
ނޫސް ބަޔާން
28 June 2022 12:06
-
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
27 June 2022 12:06
-
ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު އަޙްމަދު ޝަކީލްއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
26 June 2022 12:06