ޚަބަރު / ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާމެދު ސުލޫކީ ފިޔަވަޅު އެޅުން

ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްއާމެދު ސުލޫކީ ފިޔަވަޅު އެޅުން

18/04/2022

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 10 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.5.4 ވަނަ ނަންބަރާ ޚިލާފަށް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޖަމްޢިއްޔާއެއް އުފައްދައި އެ ޖަމްޢިއްޔާގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ހަރަކާތްތެރިވެފައިވާކަން ސާބިތުވާ ހިނދު، އަދި، ތަފްރީޤް ކޮށްފައިވާ ކައިވެންޏެއް ރުޖޫޢަކޮށްދިނުމުގައި ފަނޑިޔާރެއްގެ ހައިސިއްޔަތުން ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަމާއި އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަން ބަހައްޓާފައި ނުވާކަން ސާބިތުވާ ހިނދު، އަދި، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް އުފެއްދި ޖަމްޢިއްޔާއިން އިސްނަގައިގެން ހދ.ކުޅުދުއްފުށީގައި ބޭއްވި ހަރަކާތެއްގައި އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ޢަމަލީ ގޮތުން ބައިވެރިވެފައިވާތީއާއި، އެ ހަރަކާތަކީ ސިޔާސީ ޙަރަކާތެއްގެ ގޮތުގައި އާންމުން ދެކުމުގެ ފުރުސަތު އޮތް ޙަރަކާތަކަށްވާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކް އެކަންޓުން އެ ހަރަކާތް އިޝްތިހާރު ކުރުމަށް މަސައްކަތްކޮށްފައިވާކަމާއި، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ފޭސްބުކު ޕޭޖުގައި ހިއްސާކޮށްފައިވާ ފޮޓޯތަކާއި ފާޅުކޮށްފައިވާ ޝުޢޫރުތަކަކީ އޭނާ ހިއްސާކޮށްފައިވާ ތަކެތިކަމަށް ބުނެ އިޢުތިރާފުވެފައިވާތީއާއި، އެއީ ސިޔާސީގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި ޝުޢޫރުތަކެއްކަމަށް އާންމުން ދެކުމުގެ ފުރުސަތު ފާޅުކަން ބޮޑުގޮތެއްގައި އޮތް ކަމަކަށްވީއިރު، ފަނޑިޔާރެއްގެ ހައިސިއްޔަތުން ނުވަތަ ފަނޑިޔާރެއްގެ މަޤާމުގައި ހުރި މީހަކު ކޮށްގެންނުވާނެފަދަ ޢަމަލެއް އިސްމެޖިސްޓްރޭޓް ޢަލީ އާދަމް ކުރިކަން ސާބިތުވާހިނދު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލުތަކަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 ވަނަ ނަންބަރާއި، 1.8 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާއި، 4.9 ވަނަ ނަންބަރާއި، 6.3 ވަނަ ނަންބަރާއި، 6.5 ވަނަ ނަންބަރާއި، އަދި 7.2 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމުލުތަކަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް 02 (ދޭއް) ހަފްތާގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނުކުތުން މަނާކުރުމަށް، 2022 އޭޕްރީލް 17 ވަނަ ދުވަހު ބޭއްވުނު، 27 ވަނަ ބައްދަލުވުމުގައިވަނީ ކޮމިޝަނުން ނިންމާފައެވެ.

މިމުއްދަތުގައި ހދ.ޖުޑީޝާލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު އިސްމާޢީލްއާ ޙަވާލުކުރުމަށްވެސް މިކޮމިޝަނުން ނިންމާފައިވެއެވެ.

ހިމަނާފައިވާ ލިޔުންތައް

2022-04-17_PR_Ali Adam Suspension.pdf