- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
03 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކުރުން
03 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ވަނީ ބާއްވާފައެވެ. މިއަދު ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ބޭފުޅުންނަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.
އެގޮތުން، ފަތްކޮޅު ޙަވާލުކުރެވިފައިވާ 03 ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ:
- ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހއ. އުތީމު، ކަރަންކާގެ، އަލްއުސްތާޛު އަހްމަދު އާދަމް
- ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ވ.ފުލިދޫ، ވެނިލާގެ، އަލްއުސްތާޛު އަހްމަދު ޝަރީފް
- ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ.ތިނަދޫ، ދިލްބަހާރުގެ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު
ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަލްއުސްތާޛު އަހްމަދު އާދަމް އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ (ހޮނަރސް) ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަލްއުސްތާޛު އަހްމަދު ޝަރީފް އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 28 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދު އަކީ ވިލާ ކޮލެޖް އިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
އެޓޭޗްމަންޓް
2022-03-27_03 DIM.pdf
-
ފަހުގެ ލިޔުންތައް
-
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
10 August 2022
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
21 July 2022
-
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
19 July 2022
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި
07 July 2022
-
ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ޝަރީފާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
30 June 2022
-
ފަހުގެ ލިޔުންތައް
-
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
10 August 2022 12:08
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
21 July 2022 12:07
-
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
19 July 2022 12:07
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި
07 July 2022 12:07