ޚަބަރު / ޑްރަގް ކޯޓުގެ (ކުރީގެ ކްރިމިނަލް ކޯޓުގެ) ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

ޑްރަގް ކޯޓުގެ (ކުރީގެ ކްރިމިނަލް ކޯޓުގެ) ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

27/03/2022

ކްރިމިނަލް ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި، މައްސަލަ ރައްދުވާ ފަރާތުގެ އެ ޢަމަލަކީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައިކަމަށާއި ބަންދުގައި ބަހައްޓަން ނިންމެވީ ބަންދުން ދޫކޮށްލައިފިނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީކަމާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓު ކަމަށް ބުނެ ވާހަކަ ދައްކާފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާތީ، ޤާޟީ މުޙައްމަދު ސަމީރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޤާޟީ މުޙައްމަދު ސަމީރު އަށް އެންގުމަށް، 2022 މާރިޗް 13 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 17 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

2022-03-23_PR_Mohamed Sameer1.pdf