ސަރކިއުލަރ / މި ކޮމިޝަނުގެ ނަންބަރު JSC-C/CIR/2017/03 (24 މެއި 2017) ސަރކިއުލަރގައި ބަޔާން ކުރާ ދަތުރު ޚަރަދު އަދި ކެއުމުގެ ޚަރަދު ހަމަޖެއްސުމާ ގުޅޭ

މި ކޮމިޝަނުގެ ނަންބަރު JSC-C/CIR/2017/03 (24 މެއި 2017) ސަރކިއުލަރގައި ބަޔާން ކުރާ ދަތުރު ޚަރަދު އަދި ކެއުމުގެ ޚަރަދު ހަމަޖެއްސުމާ ގުޅޭ

06/03/2022

މި ކޮމިޝަނުގެ ނަންބަރު JSC-C/CIR/2017/3 (24 މެއި 2017) ސަރކިއުލަރގައި ބަޔާންކޮށްފައިވާ "ހުރުމުގެ ޚަރަދު" އާއި "ކެއުމުގެ ޚަރަދު" ދެމުންގެންދާނީ މާލިއްޔަތު ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތު ސަރކިއުލަރގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތީންނެވެ. 

 

ފަނޑިޔާރުން އެހެން ކޯޓެއްގެ މަސައްކަތަށް ނުވަތަ ޝަރުއީ ވަފުދުގައި ދަތުރު ކުރާއިރު ހަރަދުގެ ކަންކަން އިންތިޒާމް ކުރަން ދަތިތަކެއް ކުރިމަތިވާނަމަ، އެ އިންތިޒާމްތައް ހަމަޖެއްސުމުގައި ކޯޓުތަކުން މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް މިއިންތިޒާމްތައް ހަމަޖައްސައިދެވޭނެއެވެ. 

 

އަދި މި ގޮތަށް އަމަލުކުރަން ފަށާނީ މި ސަރކިއުލަރ ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ހިމަނާފައިވާ ލިޔުންތައް

2022-03-06_Circular_4-Food&Accomodation.pdf