ޚަބަރު / ސިވިލް ކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުން
ސިވިލް ކޯޓަށް 02 ފަނޑިޔާރުން ޢައްޔަންކުރުން
ސިވިލް ކޯޓަށް 02 ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން، ސ.ފޭދޫ، ފިތިރޯނުގެ، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ އަދި ގއ.މާމެންދޫ، ފެހިގެ، އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދު ސިވިލް ކޯޓުގެ ޤާޟީކަމަށް ޢައްޔަންކުރުމަށް 2022 ފެބްރުއަރީ 16 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މި އަހަރުގެ 10 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.
އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ މެލޭޝިއާގެ ހެލްޕް ޔުނިވަރސިޓީ އިން ބެޗްލާސް އޮފް ލޯސް (އޮނަރސް) ޙާޞިލްކުރައްވައި، ބަރކްބެކް ކޮލެޖް، ޔުނިވަރސިޓީ އޮފް ލަންޑަންއިން މާސްޓަރ އޮފް ލޯސް އިން ކޮންސްޓިޓުޝަނަލް ޕޮލިޓިކްސް، ލޯ އެންޑް ތިއަރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޒުލައިޚާ ޝީޒާ ވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް، ސީނިއަރ ސްޓޭޓް އެޓާރނީ އަދި ސްޓޭޓް އެޓާރނީ މަޤާމުގައި 6 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ވިލާ ކޮލެޖްއިން ބެޗެލާރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އަޙްމަދު ނިމާލް ވަނީ ފަރްހާން ޒަމީލް އެންޑް ނިމާލްގެ މެނޭޖިންގް ޕާރޓްނާރގެ ގޮތުގައި 1 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައެވެ.
އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މިދެ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 މާރިޗް 15 ދުވަހެވެ.
ހިމަނާފައިވާ ލިޔުންތައް
2022-03-02_PR_Civil-court-profile.pdf-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01