ސަރކިއުލަރ /

ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ޚާއްޞަ ޗުއްޓީ ހަމަޖައްސައިދެވޭނެ އުސޫލުތައް

27/01/2022

މިކޮމިޝަނުގެ ނަންބަރު JSC-C/CIR/2020/27 ސަރކިއުލާއާ ހަވާލާދީ ދަންނަވަމެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އައިސޮލޭޝަން އަދި ކަރަންޓީން ކުރުމުގެ ބައެއް އުސޫލުތަކަށް ބަދަލުގެނެސްފައިވާތީ، ޚާއްސަ ޗުއްޓީއަށް އެދުމުގައި ޢަމަލުކުރައްވާނީ ތިރީގައިމިވާ ގޮތަށެވެ. 

1.     ކޮވިޑް-19 ބައްޔަށް ފައްސިވެ، އައިސޮލޭޝަންގައި ހުންނަން ޖެހުމާ ގުޅިގެން ޚާއްސަ ޗުއްޓީ ހަމަޖެއްސުމަށްޓަކައި، އެ ފަނޑިޔާރަކު އައިސޮލޭޓްކުރިކަން އެނގޭނެ ކަމާބެހޭ މުޢައްސަސާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ އެކަން އަންގަވައި ފޮނުވާފައިވާ މެސެޖްގެ ސްކްރީން ޝޮޓެއް ނުވަތަ އެފަދަ ލިޔުމެއް މިކޮމިޝަނަށް ހުށަހެޅުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެއިރަކަށް ކަނޑައަޅާފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ. 

2. ކަރަންޓީންގައި ހުންނަން ޖެހުމާ ގުޅިގެން، ޚާއްސަ ޗުއްޓީ ހަމަޖެއްސުމަށްޓަކައި، އެ ފަނޑިޔާރަކު ޑައިރެކްޓް ކޮންޓެކްޓް ވެފައިވަނީ ކޮން ފަރާތަކާކަމާއި ކޮންޓެކްޓްވި ތާރީޚް އަދި ކަރަންޓީންވި ތަނަކީ ފައްސިވި މީހާއާ ވަކިން ހުރެވޭ ތަނެއްކަން ނުވަތަ ނޫންކަން ބަޔާންކޮށް އެކަން މިކޮމިޝަނަށް އަންގަވަންވާނެއެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވި ތާރީޚުން ފެށިގެން އެއިރެއްގައި ކަރަންޓީނު މުއްދަތުކަމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ކަނޑައަޅާ މުއްދަތަކަށް މި ކޮމިޝަނުން ޚާއްސަ ޗުއްޓީ ހަމަޖައްސައިދެވޭނެއެވެ.

އެޓޭޗްމަންޓް

719_20220130.pdf