ސަރކިއުލަރ /

ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމާ ގުޅޭ

04/01/2022

24 ޑިސެންބަރު 2020 ގައި އާއްމުކުރެވިފައިވާ "ފަނޑިޔާރުންގެ މާލީ ބަޔާނާބެހޭ ޤަވާއިދު" ގައިވާ ގޮތަށް ކޮންމެ އަހަރަކު އެއް ފަހަރު މި ކޮމިޝަނަށް ހުށަހަޅުއްވަންޖެހިވަޑައިގަންނަވާ މާލީ ބަޔާން، ކޮންމެ މީލާދީ އަހަރެއް ނިމުމުން ޖެހިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ އެންމެ ފަހު ދުވަހުގެ ކުރިން މި ކޮމިޝަނަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

2020 ވަނަ އަހަރު ފަނޑިޔާރުން އަދި ފަނޑިޔާރުންގެ އަނބި/ފިރިން/ދަރިން ހުށަހެޅުއްވި މާލީ ބަޔާނުގެ ފޯމަށް ބައެއް އިސްލާހުތައް ގެނެސްފައިވާތީ އެކަން މައުލޫމާތަށްޓަކައި ދެންނެވީމެވެ. އައު ފޯމު މި ކޮމިޝަންގެ ވެބްސައިޓްwww.jsc.gov.mv  އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. 

 

2021 ވަނަ އަހަރު އައްޔަނު ކުރެވުނު ފަނޑިޔާރުން ހުށަހަޅުއްވާނީ އައްޔަނު ކުރެވުނު ތާރީޚުން ފެށިގެން 31 ޑިސެންބަރު 2021 ގެ ނިޔަލަށެވެ. 

އެޓޭޗްމަންޓް

712_20220105.pdf