ޚަބަރު / 04 މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރުމަށް ނިންމުން

04 މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލުކުރުމަށް ނިންމުން

02/07/2024

ފަނޑިޔާރުން އަމިއްލަފުޅަށް އެދިގެން މަސައްކަތް ކުރަމުންއައި ކޯޓާ އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، 2024 ޖުލައި 01 ވަނަ ދުވަހުން ފެށިގެން، 04 މެޖިސްޓްރޭޓަކު މަސައްކަތް ކުރައްވާ ކޯޓު ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މަސައްކަތް ކުރައްވާ ކޯޓު ބަދަލު ކުރެވުނު ފަނޑިޔާރުންގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

· ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް، ވ.ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް.

· ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޔަސަޢު، ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް.

· ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު އަރީޖް، ހދ.ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމަށް.

· ރ.ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު ނަޛީރު މުޙައްމަދު، ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް.

ހިމަނާފައިވާ ލިޔުންތައް

2024-07-02_PR_Transfer - All Magistrates 1.pdf