- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
އދ.ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިޔުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ޤަޟިއްޔާގެ ޝަރީޢަތް ހިންގުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ބަދަލުގައި، ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ޙާލަތެއް މެދުވެރިވެދާނެކަމަށް ކުރެވުނު ލަފައެއްގެ މައްޗަށް ބުރަވެ، ޝަރީޢަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އދ.ދަނގެތި މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރު ޙުކުމްކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާތީ، އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 33 ވަނަ މާއްދާގެ (ށ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އިސްމެޖިސްޓްރޭޓް މުޙައްމަދު އާމިރު އަށް އެންގުމަށް، 2021 ޑިސެމްބަރ 19 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 100 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އެޓޭޗްމަންޓް
696_20211226.pdf
-
ފަހުގެ ލިޔުންތައް
-
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
10 August 2022
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
21 July 2022
-
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
19 July 2022
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި
07 July 2022
-
ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ޝަރީފާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
30 June 2022
-
ފަހުގެ ލިޔުންތައް
-
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
10 August 2022 12:08
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
21 July 2022 12:07
-
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
19 July 2022 12:07
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި
07 July 2022 12:07