ޚަބަރު / ފަނޑިޔާރުންގެ ޕަރފޯމަނސް އިވަލުއޭޝަންގެ ޕައިލެޓް މަސައްކަތް އަމަލީގޮތުން ފެށުން
ފަނޑިޔާރުންގެ ޕަރފޯމަނސް އިވަލުއޭޝަންގެ ޕައިލެޓް މަސައްކަތް އަމަލީގޮތުން ފެށުން
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން ޕައިލެޓް ޕްރޮޖެކްޓެއް ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ޖުޑީޝަލް ސަރވިސް ކޮމިޝަނުން 2021 ނޮވެންބަރު 30 ވަނަ ދުވަހުވަނީ ފަށާފައެވެ. މި މަސައްކަތަށް ތައްޔާރުވުމުގެ ގޮތުން ވޭތުވެދިޔަ ދެ އަހަރުދުވަހު ގިނަގުނަ މަސައްކަތްތަކެއް ބޭރުގެ ތަޖުރިބާކާރެއް ކަމުގައިވާ ޖަޖް މެލްކަމް ސިމަންގެ ފަންނީއެހީއާއެކު ވަނީކުރެވި، އަމަލީ ގޮތުން މި މަސައްކަތް މިވަނީ ފަށާފައެވެ. މިއަދަކީ، 2010 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ ދަށުން މިކޮމިޝަނަށް މަތިކުރެވިފައިވާ ޝަރުއީ ދާއިރާގައި ފަނޑިޔާރުންގެ ފެންވަރުބެލުމުގެ ޒިންމާ އަދާކުރުމުގައި ފުރަތަމަ ފަހަރަށް އަމަލީގޮތުން މި މަސައްކަތް ފެށިގެން ދިޔަ ތާރީޚީ ދުވަހެވެ.
ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ ޕައިލެޓް މަސައްކަތުގައި މަސައްކަތު ފެންވަރު ވަޒަންކުރުމަށް އިވެލުއޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނެވެ. މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި މަސައްކަތު ފެންވަރު ވަޒަންކުރަން ކަނޑައެޅިފައިވާ ފަނޑިޔާރުންނާއެކު މި މަސައްކަތުގެ މަޝްރޫޢު ކުރިއަށްދާނެ ގޮތާމެދު މަޝްވަރާކުރެވި، އިތުރު ފަނޑިޔާރުން އަހުލުވެރި ކުރުމުގެ މަސައްކަތްވަނީ ކުރެވިފައެވެ. މި ފުރުސަތުގައި ފަނޑިޔާރުން މި މަސައްކަތުގައި ދެއްވާ އެއްބާރުލުން މިކޮމިޝަނުން ފާހަގަކުރަމެވެ.
ފަނޑިޔާރުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގައި ބެލުމަށް ހަމަޖެހިފައިވާ މައިގަނޑު ބައިތަކުގެތެރޭގައި، ފަނޑިޔާރުގެ ސެލްފް އެސެސްމަންޓު، ފަނޑިޔާރުގެ ޝަރުޢީ ނިންމުންތައް، ޝަރީއަތުގެ އަޑުއެހުންތައް ހިނގާގޮތް، ސުލޫކީ މައްސަލަތަކުގެ ނިންމުންތަކާއި މަޤުބޫލު ސަބަބެއްގެ މައްޗަށް ހުޅަހެޅުނު ޝަކުވާތައް، ފަނޑިޔާރުން ޝަރީޢަތްކުރުމުގައި ޤާނޫނެއްގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް ނުވަތަ ރިއާޔަތްކުރުމަށް ބުނާ ކަންކަމާއި އަދި ފެންވަރު ބެލޭ ފަނޑިޔާރާ ހަވާލުކުރެވޭ މައްސަލަތަކުގެ އަދަދާއި، އޭގެ ތެރެއިން ނިންމި މައްސަލަތަކުގެ އަދަދު (ކްލިއަރެންސް ރޭޓު) ދިރާސާކުރުމުގެ އިތުރުން ފަނޑިޔާރާ ކުރެވޭ އިންޓަރވިއު ހިމެނެއެވެ.
މީގެ އިތުރުން، ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ކޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ކޯޓުގެ އޮފިސަރުން (މިސާލަކަށް: ޤާނޫނީ ވަކީލުން، ފަނޑިޔާރުން، ޝަރުޢީ މަސައްކަތްތައް ނޫން މަސައްކަތްކުރާ ކޯޓުގެ މުވައްޒަފުން) އަދި ކާކުކަން ނޭނގޭ ގޮތަށް ހަދާ ސަރވޭއާއި ފަނޑިޔާރު މަސައްކަތްކުރާ ގޮތް ތަޖުރިބާކޮށްފައިވާ ފަރާތްތަކުން (މިސާލަކަށް: ކޯޓު އެޑްމިނިސްޓްރޭޓަރުން، އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުން، ކޯޓުގެ މުވައްޒަފުން) ދޭ ސިއްރު އިންޓަރވިއު ހިމެނެއެވެ.
ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުން ބައްޓަންކޮށްފައިވަނީ ފަނޑިޔާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެބޭފުޅުންގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން، ފަނޑިޔާރުންގެ ތަޢުލީމާ ތަމްރީނާގުޅޭ ބޭނުންތައް އެސެސްކުރުމާއި، ފަނޑިޔާރުންގެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި ޢަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތަށް އާންމުންގެ އިތުބާރު އިތުރުކުރުމަށެވެ. އަދި މި މަސައްކަތުގެ އަލީގައި ފަނޑިޔާރުންގެ މަސައްކަތުގައި ރަނގަޅުކުރަންޖެހޭ ކަންކަން ފަނޑިޔާރަށާއި ކޮމިޝަނަށްވެސް ފާހަގަވެ، ފަނޑިޔާރުންނަށް ފޯރުކޮށްދެވޭ އެހީތެރިކަން އިތުރުކުރެވި، ޢަދުލު އިންސާފުގެ ފެންވަރު ރަނގަޅުކޮށް، ފަނޑިޔާރުންގެ ޝަރުޢީ ގާބިލުކަން އިތުރު ކުރެވިގެންދާނެ ކަމުގައި މިކޮމިޝަނުން ޤަބޫލުކުރަމެވެ.
ހިމަނާފައިވާ ލިޔުންތައް
685_20211207.pdf-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01