ޚަބަރު / ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމްއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމްއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

22/11/2021

ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ ޚަޞްމަކާއި އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމު ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ބައްދަލުކޮށްފައިވާކަން މި މައްސަލައިގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމުގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (5)ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމުއަށް އެންގުމަށް، 2021 ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 86 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ހިމަނާފައިވާ ލިޔުންތައް

673_20211122.pdf