ޚަބަރު /

ދާއިރާ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރާ ފަރާތްތަކާ ގުޅޭ

18/11/2021

ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ މަސްޢޫލިއްޔަތު އަދާކުރައްވާ މެޖިސްޓްރޭޓަކީ މެޖިސްޓްރޭޓް ޢައްޔަންކޮށްފައިވާ ކޯޓުގައި ހުންނަވައިގެން އެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގެ ފުރުޞަތު އޮންނާނެ ބައެއްކަމަށާއި، އެ މަސްޢޫލިއްޔަތު އަދާކުރެއްވުމަށް ދާއިރާގެ ވެރިކަން ކުރާ ރަށު ކޯޓަށް ބަދަލުވެވަޑައިގަންނަވަން ލާޒިމް ނުވާނެ ގޮތަށް މެޖިސްޓްރޭޓުންގެ އޮނިގަނޑު ބަދަލުކުރުމާއެކު މިހާރު ދާއިމީ ދާއިރާ އިސްމެޖިސްޓްރޭޓުން ނެތް ދާއިރާތަކަށް ދާއިރާ އިސްމެޖިސްޓްރޭޓުން ހޯދުމަށް އިޢުލާން ކުރުމަށް 2021 ނޮވެންބަރު 14 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 85 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މިފަދައިން ނިންމާފައިވަނީ ދާއިރާ އިސްމެޖިސްޓްރޭޓްގެ މަޤާމަށް މެޖިސްޓްރޭޓުން ކުރިމަތިލެއްވުމުގައި މެޖިސްޓްރޭޓުން ދިރިއުޅުއްވަމުން ގެންދަވާ ރަށް ބަދަލުކުރެއްވުމަށް ލާޒިމްވާގޮތަށް އޮންނާތީ ދާއިރާގައި ތިއްބަވާ ހުރިހާ މެޖިސްޓްރޭޓުންނަށް އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ފުރުޞަތު ބޭނުން ކުރައްވަން ދަތިތަކަކާ ކުރިމަތިވާތީ އެ ފުރުޞަތު ބޭނުން ކުރައްވަން ހަމަހަމަކަމާއެކު އެ ދާއިރާއެއްގެ ހުރިހާ  މެޖިސްޓްރޭޓުންނަށް ފަހި ކޮށްދިނުމުގެ ގޮތުންނެވެ.

 


18 ނޮވެންބަރު 2021

އެޓޭޗްމަންޓް

671_20211118.pdf