ޚަބަރު /

ނޫސް ބަޔާން

04/11/2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް ޙަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައި ވާތީ މި ކޮމިޝަނުން ތަޙުޤީޤުކުރަން ނިންމާފައިވާ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، (ޤާނޫނު ނަންބަރު 10/2008) ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ)ގެ ދަށުން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، އިސްވެދެންނެވުނު ޤާނޫނުގެ 25 ވަނަ މާއްދާގެ (ލ)ގެ ދަށުން، 05 ނޮވެންބަރު 2021 އިން ފެށިގެން ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދަށް އެންގުމަށް ފެންނަކަމަށް 04 ނޮވެންބަރު 2021 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ 83 ވަނަ ބައްދަލުވުމުގައި ނިންމާފައިވެއެވެ.

އެޓޭޗްމަންޓް

668_20211104.pdf