ޚަބަރު / ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

02/11/2021

ކްރިމިނިލް ކޯޓުގެ ޤާޟީ ޙަސަން ސަޢީދު ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖަޢާކުރުމުގެ އަޑުއެހުމެއްގައި ޢަމަލުކުރައްވާފައިވަނީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނު އާއި ޝަރީޢަތްކުރުމާއިބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ، 2021 ނޮވެންބަރު 02 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 82 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވެއެވެ.

ހިމަނާފައިވާ ލިޔުންތައް

667_20211102.pdf