ޚަބަރު /

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން

27/10/2021

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބު މައްސަލަ ރައްދުވާ ފަރާތް "ގޭގައި" ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ، އިޖުރާޢަތާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ތަޙްޤީޤުކޮމިޓީއަށް ސާބިތިވެފައިވާތީ، އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުގެ މިޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ (ރ) އާއި، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނޫ)ގެ 32 ވަނަ މާއްދާގެ (3) ވަނަ ނަންބަރާއި، 33 ވަނަ މާއްދާގެ (ށ) އާއި، އެމާއްދާގެ (ޅ) އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.1 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން ނަޞޭޙަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 29 ސެޕްޓެންބަރު 2021 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 74 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެޓޭޗްމަންޓް

663_20211027.pdf