ޚަބަރު /

ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޒިޔާދުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން

10/10/2021

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރަކާގުޅޭ މައްސަލައެއްގެ ޝަރީޢަތް ކުރިއަށްނުދާ ކަމަށް ބުނެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި ބަޔާންކޮށްފައިވާ މައްސަލަ ބެލުމާއި ހަވާލުވެ ހުންނެވި ށ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޒިޔާދު އެކަށީގެންވާ އަވަސްމިނެއްގައި އަދި ފަރުވާތެރިކަން ނުބަހައްޓައި މައްސަލަ ކުރިއަށް ގެންދިޔަކަމަށް ކޮމިޝަނަށް ފާހަގަވާތީ މި މައްސަލަ ތަޙްޤީޤުކުރުމަށް 2021  ސެޕްޓެންބަރު  15 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 70 ވަނަ ޖަލްސާއިން ނިންމައި، މި މައްސަލަ ތަޙްޤީޤް ކުރުމަށް ތަޙްޤީޤް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.

އެޓޭޗްމަންޓް

658_20211010.pdf