ޚަބަރު / 03 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ޢައްޔަންކުރުން

03 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން ޢައްޔަންކުރުން

13/09/2021

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަނުކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވި 03 ބޭފުޅުން މެޖިސްޓްރޭޓް ކޯޓުތަކަށް ޢައްޔަންކުރުމަށް 2021 އޮގަސްޓް 29 ގައި ބޭއްވި މި ކޮމިޝަނުގެ 64 ވަނަ ބައްދަލުވުމުގައި ނިންމުމާ ގުޅިގެން 2021 ސެޕްޓެންބަރު 12 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރައްވައިފިއެވެ. މި 03 ބޭފުޅުންނަކީ:

· ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ބ.ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދު.

· ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.ގެމަނަފުށި، މިސްކިތްދޮށުގެ، ޢަބްދުއްސަލާމް.

· ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، ގއ.މާމެންދޫ، މައިސަން، ވިޝާޙް ވަޖީދް.

މަރްޔަމް އިފްހާމް ނާޝިދު ވަނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރ ޑިގްރީ ވިތް އޮނަރސް ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، މަރްޔަމް އިފްހާމް ނާޝިދު ވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަޤާމުގައި 6 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 

ޢަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ޢަބްދުއްސަލާމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 4 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 

ވިޝާޙް ވަޖީދް އަކީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަޤާމުގައި 1 އަހަރާއި 7 މަސް ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ތަޢުލީމު ޙާސިލްކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯއިންނެވެ. 

ހިމަނާފައިވާ ލިޔުންތައް

649_20210913.pdf