ޚަބަރު / ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން ވަޒީފާ އަދާކުރައްވާފައިވާ ގޮތުގެ ރެކޯޑު ސާފުކުރަނީ

ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން ވަޒީފާ އަދާކުރައްވާފައިވާ ގޮތުގެ ރެކޯޑު ސާފުކުރަނީ

22/12/2010

ދިވެހިރާއްޖޭގެ ހައިކޯޓުގެ ބެންޗު އެކުލަވާލުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނާގުޅިގެން ހައިކޯޓް ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން، ކުރިން ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގައި ވަޒީފާ އަދާކުރައްވާފައިވާ ގޮތުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުން އެބަގެންދެއެވެ.

ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނުގައި ވާގޮތުގެމަތިން ހައިކޯޓަށް ފަނޑިޔާރުންނެގުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނާގުޅިގެން އެކަމަށް އެދިފައިވާ ބޭފުޅުންނާ އިންޓަވިއުކުރާނެ ދާއިރާތަކާއި، އެދާއިރާތަކަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ މިންވަރާއި، އަދި އިންޓަވިއުކުރާނެ ތާރީޚާއި ގަޑިވެސް އިންޓަވިއުކުރުމުގެ އެއްހަފުތާކުރިން އެބޭފުޅުންނަށް އެންގުމަށް ވަނީ ހަމަޖެހިފައެވެ. މިބޭފުޅުންގެ ކުށުގެ ރެކޯޑްތައް މިހާރުވަނީ ކޮމިޝަނުން ސާފުކޮށް ނިންމާފައެވެ.