ޚަބަރު /

19ޑިސެމްބަރ 2010 ން 23 ޑިސެމްބަރ 2010 ށް ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ސްޓޭޓަސް

23/12/2010

19ޑިސެމްބަރ 2010 ން 23 ޑިސެމްބަރ 2010 ށް ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ސްޓޭޓަސްއަށް ބަލާއިރު، މި ހަފުތާގައި ބޭއްވިފައިވަނީ ކޮމިޝަންގެ ދެ ޖަލްސާއެކެވެ. އެއީ 21 ޑިސެމްބަރ 2010 ގައި ބޭއްވެވި ކޮމިޝަންގެ ޖަލްސާއާއި 23 ޑިސެމްބަރު 2010 ގައި ބޭއްވެވި ކޮމިޝަންގެ ޖަލްސާއެވެ.

މި ދެ ޖަލްސާގެ ތެރެއިން 21 ޑިސެމްބަރު 2010 ގައި ބޭއްވެވި ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މަޢުލޫމާތު ދިރާސާކުރުމަށް އެކުލަވާލި ކޮމެޓީން ކޮށްފައިވާ މަސައްކަތްތައް ބަލައި އެކަން ކުރުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ރޭވުމަށެވެ. 23 ޑިސެމްބަރ 2010 ގައި ބޭއްވުނު ކޮމިޝަންގެ ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ހައިކޯޓް ފަނޑިޔާރުންގެ ކަންތައްތައް ކުރިއަށް ދާގޮތާ ގުޅޭގޮތުންނެވެ. އަދި މިގޮތުން ހައިކޯޓު ފަނޑިޔާރުން ނެގުމުގެ  ޕެނަލުގައި ކުރިން ހިމެނިވަޑައިގެންނެވި، ކޮމިޝަންގެ މެމްބަރު އަލްފާޟިލް ޢަބްދުﷲ ދީދީ ޕެނަލުން ވަކިކުރައްވާ ބަދަލުގައި ކޮމިޝަންގެ މެމްބަރު އަލްފާޟިލާ އާއިޝަތު ވެލެޒިނީ ހިމެނުއްވިއެވެ.

މީގެ އިތުރުން މިހަފުތާގެ ކޮމެޓީތަކުގެ ސްޓޭޓަސްއަށް  ބަލާއިރު، ޝަކުވާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައިނުވަނީ އެކޮމެޓީގެ މުޤައްރިރު ބައްދަވުން ނުބޭއްވުމަށް ވިދާޅުވެފައިވާތީއެވެ.  އެހެންނަމަވެސް 3 ތަހުޤީގު ކޮމެޓީއެއްގެ ބައްދަލުވުން ވަނީ ބޭއްވިފައެވެ. 4 ވަނަ ތަހުޤީޤު ކޮމެޓީއެއް ބޭއްވުމަށް އެޖެންޑާކުރެވި ކޯރަމު ހަމަނުވެގެން ވަނީ ނުބޭއްވިއެވެ.

ވަޒީފާ ކޮމެޓިގެ ބައްދަލުވުމެއް ބޭއްވިފައިވެއެވެ. މީގެ އިތުރުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށް އެކުލަވާލި ޕެނަލުގެ ބައްދަލުވުމަކާއި ފަނޑިޔާރުންގެ ޤާނޫނާ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ބައްދަލުވުމެއްވެސް ބޭއްވުނެވެ.

އެޓޭޗްމަންޓް