- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން ޝޯޓްލިސްޓް ކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ ބޭފުޅުން ޝޯޓްލިސްޓްކުރުމަށް، އެކުލަވާލައްވާފައިވާ ކޮމެޓީން ނިންމަވާފައިވާގޮތަށް ތިންފަރާތެއް ޝަރުޠު ހަމަނުވާކަމަށް ކޮމިޝަނުން މިއަދު ކަނޑައަޅުއްވާފިއެވެ.
ހައިކޯޓު ފަނޑިޔާރުކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާކަމަށް ކޮމިޝަނުން ނިންމަވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް އުނިވުމުންނެވެ. އެގޮތުން ތަޢުލީމީ ބައިންނާއި ތަޖުރިބާގެ މުއްދަތު ހަމަނުވުމާއި، އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރުމުގެ ސަބަބުން ޖުމުލަ ތިންބޭފުޅަކުވަނީ ޑިސްކޮލިފައި ކުރައްވާފައެވެ.
އަދި ޑިސްކޮލިފައި ކުރައްވާފައިވާ ތިންބޭފުޅުން ޑިސްކޮލިފައި ކުރެވިފައިވާ ގޮތާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 12 ޖަނަވަރީ 2011 ވާ ބުދަދުވަހުގެ 12:00 ކުރިން ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެފަރާތްތަކަށް ދެއްވާ އެކަންދަނީ އެފަރާތްތަކަށް ކޮމިޝަނުން އަންގަވަމުންނެވެ.
ހައިކޯޓަށް ފަނޑިޔާރުން ނެގުމަށް އެކުލަވާލައްވާފައިވާ ޕެނަލުން ވަނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރާނެ ދާއިރާތައް ކަނޑައަޅުއްވައި، އެކަންވެސް ކޮމިޝަނުން ގެންދަވަނީ އެފަރާތްތަކަށް އަންގަވަމުންނެވެ. އަދި މިޕެނަލުން މިހާރު ކުރައްވަމުންގެންދަވަނީ އެބޭފުޅުންނާ ކުރައްވާނެ ސުވާލުތައް ތައްޔާރުކުރުމުގެ މަސައްކަތެވެ.
ކުރިންއެކޭވެސް އެއްގޮތަށް ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ 15 ޖަނަވަރީ 2011 ވާ ހޮނިހިރު ދުވަހެވެ. އަދި ހައިކޯޓުގެ ބެންޗަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ހުވާކުރެއްވުމަށް ހަމަޖައްސާފައިވަނީ 23 ޖަނަވަރީ 2011 ވާ އާދިއްތަ ދުވަހެވެ.
-
ފަހުގެ ލިޔުންތައް
-
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
10 August 2022
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
21 July 2022
-
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
19 July 2022
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި
07 July 2022
-
ނ.ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ޝަރީފާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
30 June 2022
-
ފަހުގެ ލިޔުންތައް
-
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
10 August 2022 12:08
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
21 July 2022 12:07
-
ފަނޑިޔާރުކަމުގެ މަޤާމުން ސިވިލްކޯޓުގެ ޤާޟީ އަލްއުސްތާޛު ޒުބައިރު މުޙައްމަދު އިސްތިއުފާ ދެއްވުން
19 July 2022 12:07
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމައިފި
07 July 2022 12:07