ޚަބަރު / ނޫސް ބަޔާން

ނޫސް ބަޔާން

11/01/2011

01 ޖަނަވަރީ 2009 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނަށް ކޮމިޝަންގެ ބައްދަލުވަކަށް 500(ފައްސަތޭކަ) ރުފިޔާ ދިނުމަށާ އަދި ވަޑައިގަންނަވާ ކޮންމެ ކޮމެޓީއަކަށް 300(ތިންސަތޭކަ) ރުފިޔާ ދިނުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް 2009 ޖަނަވަރީން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޢަމަލުކުރަމުން ގެންދަވަނީ ކޮންމެ އަހަރެއްގެ ބަޖެޓުގައި އެފައިސާ ހިމަނައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބަޖެޓާ އެއްގޮތަށެވެ. އަދި ޤާނޫނުއަސާސީގެ 102 ވަނަ މާއްދާގައި ބުނެފައިވާ ފަދައިން ކޮމިޝަންގެ ޖަލްސާތަކާއި ކޮމެޓީތަކަށް މެމްބަރުންނަށް ދެއްވާ އެލަވަންސް ހަމަޖައްސަވަނީ ކޮންމެ އަހަރެންގެ ބަޖެޓްގައި ހިމަނައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ  ބަޖެޓެއްގެ ދަށުންނެވެ.

ހަޤީޤަތަކީ މިއީކަމުގައިވީ ނަމަވެސް 10 ޖަނަވަރީ 2011 ވަނަ ދުވަހު މިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ މިމަޢުލޫމާތު ރައްޔިތުންނަށް އޮޅޭގޮތަށް ޚަބަރު ފަތުރާ ވަސީލަތްތަކަށް މިކަމުގެ މަޢުލޫމާތު ދެއްވާފައިވާ ވުމަކީ ކަމުގެ ހަޤީޤަތް އެއްވެސް މިންވަރަކަށް ބެއްލެވުމެއްނެތި މިކަމުގައި ކަންހިގާފައިވާ ގޮތަށާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ކަމެއްކަމަށް ކޮމިޝަނުން ދެކެމެވެ. އަދި މިފުރުސަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުންގެ ޤާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާފަދައިން ކޮމިޝަންގެ މެމްބަރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ޢަމަލުކުރެއްވުންމަތީ ދެމިހުންނެވުމަށް މިކޮމިޝަނުން ނަޞޭހަތްތެރިވެ، ގޮވާލަމެވެ.