ޚަބަރު / ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ދިނުން

ކޮމިޝަނުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ދިނުން

12/01/2011

2009 ވަނަ އަހަރުން ފެށިގެން ކޮމިޝަންގެ މެމްބަރުން އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކަށާއި ކޮމެޓީތަކަށް ކޮމިޝަންގެ ނަންބަރު JSC/09/09 ނިންމުމުގެ ދަށުން މެމްބަރުންނަށް ދަނީ ކޮމިޝަންގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ދެމުންނެވެ. އެގޮތުން މިއަދާ ހަމައަށްވެސް މި ނިންމުމުގެ ދަށުން ދެމުންގެންދާ އެލަވަންސް  އެއްވެސް މެމްބަރަކަށް ނުދެވިވާނީ  އެ އެލަވަންސް ބޭނުން ނުވާކަން ކޮމިޝަންގެ އިދާރާއަށް ހުށަހަޅުއްވާފައިވާ މެމްބަރުންނަށް އެކަންޏެވެ.