ޚަބަރު / ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކުރެވޭނެ ރައްކާތެރި މާހައުލެއް ޤާއިމް ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮމިޝަނުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމަވައިފި

ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކުރެވޭނެ ރައްކާތެރި މާހައުލެއް ޤާއިމް ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮމިޝަނުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމަވައިފި

21/02/2011

ޤާނޫނުއަސާސީންނާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންކޮއްފައިވާގޮތަށް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ކޮމިޝަނުގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ކުރެވޭނެ ރައްކާތެރި މާހައުލެއް ޤާއިމް ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮމިޝަނުގެ ރައީސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ކޮމިޝަނުން ނިންމަވާފިއެވެ.

ކޮމިޝަނުން މިގޮތަށް  ނިންމެވީ 20 ފެބުރުއަރީ 2011 ވަނ ދުވަހުގެ ރޭ ބޭއްވުނު ކޮމިޝަންގެ 25 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.

އަދި މީގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީޖެނެރަލް ހޮވުމަށް އެކުލަވާލާފައިވާ އިންޓަރވިއުޕެނަލްގެ ބައްދަލުވުންތައް ކޯރަމްހަމަނުވުމުގެ ސަަބަބުން ކުރިއަށްނުދާތީ، ޕެނަލްގެ މަސައްކަތްތައް އަވަސްކޮށް، ކުރިއަށް ގެންދެވުމަށްޓަކައި ސެކްރެޓަރީޖެނެރަލް ހޮވުމަށް އެކުލަވާލާފައިވާ އިންޓަރވިއުޕެނަލް ރިވއުކޮށް، 3 މެންބަރުންގެ މައްޗަށްް އެކުލެވޭ އިންޓަވިއު ޕެނަލް އަލުން އެކުލަވާލަވާލެއްވިއެވެ. އެގޮތުން މިހާރު މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބު ޢަބުދުއްރަޙްމާން، އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.