ޚަބަރު /

ކޮމިޝަނުގެ ހިންގުން ހަރުދަނާކުރުމަށް ޔޫއެންޑީޕީގެ އެހީގެ ދަށުން އޮސްޓްރޭލިޔާ ޕްރޮފެސަރެއް ކޮމިޝަނުގައި މަސައްކަތްކުރައްވަން ފައްޓަވައިފި

10/03/2011

ކޮމިޝަނުގެ ހިންގުން ހަރުދަނާކުރުމަށް ޔޫއެންޑީޕީގެ އެހީގެ ދަށުން އޮސްޓްރޭލިޔާގެ ރިޓަޔަރޑް ފަނޑިޔާރެއްކަމުގައި ޕްރޮފެސަރ މެރީކެލަމް ކޮމިޝަނުގައި މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ. މިއީ ބައިނަލްއަޤުވާމީ ފަންނީ އެހީތެރިކަން ހޯދުމަށް ކޮމިޝަނާ ޔޫއެންޑީޕާއާއެކު ކުރެވިފައިވާ މަޝްވަރާތަކުގެ މަތިން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.

އެގޮތުން ޕްރޮފެސަރ މެރީކެލަމް ކޮމިޝަންގައި މަސައްކަތްޕުޅުކުރައްވާނީ ޖުޑީޝަލް ސަރވިސް ކޮމިޝަން ހިންގުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، ރާއްޖޭގެ އެހެން ދާއިރާތަކާއި ޝަރުޢީދާއިރާގެ އެހެން ވުޒާރާތަކާ ގުޅިގެން، ކޮމިޝަނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށެވެ. ޕްރޮފެސަރ ކެލަމް ކޮމިޝަންގައި މަސައްކަތްޕުޅުކުރެއްވުމަށް ހަމަޖެހިފައިވަނީ ތިން ހަފުތާގެ މުއްދަތަށެވެ.