- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި ގެނެވުނު ބަދަލާއެކު، ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ހެޔޮބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭ
ފަނޑިޔާރުންނާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި ގެނެވުނު ބަދަލާއެކު، ކޮމިޝަނަށް ހުށަހެޅޭ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ހެޔޮބަދަލުތަކެއް އަންނަކަން ފާހަގަކުރެވެއެވެ.
އެގޮތުން ކޮމިޝަނަށް ހުށަހެޅިފައިވާ އަދި ހުށަހެޅޭ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި، ކޮމިޝަންގެ ހިންގާ ޤަވާއިދަށް 2011 މެއި 01 ވަނަ ދުވަހު ޢަމަލުކުރަން ފެށުމާގުޅިގެން ޝަކުވާކޮމެޓީ އުވާލައި، ކޮމިޝަންގެ ކޮންޕްލެއިންސް ޝެކްޝަނުން މައްސަލަތައް ދިރާސާކޮށް، މި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ވަނީ 27 މައްސަލަ ދިރާސާކޮށް ރިޕޯޓް ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި ކޮމިޝަނުން އެރިޕޯޓްތައް ބެއްލެވުމަށްފަހު، މި މުއްދަތުގެ ތެރޭގައި 23 ޝަކުވާއަކަށްވަނީ ކޮމިޝަނުން ގޮތެއް ނިންމަވާފައެވެ. މީގެ ތެރޭގައި ތަޙުޤީގު ކުރަންޖެހޭ ކަމަށް ކޮމިޝަނުން ނިންމާފައިވަނީ 4 ޝަކުވާއެކެވެ.
2011 މެއި 01 ވަނަ ދުވަހު ކޮމިޝަންގެ ހިންގާ ޤަވާއިދަށް ޢަމަލުކުރަން ފެށިއިރު ކޮމިޝަނަށް ހުށަހެޅި ނުނިމިވާ 177 ޝަކުވާގެ ތެރެއިން މިހާރު ނުނިމިވަނީ 154 ޝަކުވާއެވެ. ހުށަހެޅި ނުނިމިވާ ޝަކުވާތައް އަވަހަށް ނިންމުމަށްޓަކައި ކޮމިޝަންގެ ކޮންޕްލެއިންސް ސެކްޝަނުން ދިރާސާކޮށް، ކޮންމެ ހަފުތާއަކު ކޮމިޝަނަށް 10 ޝަކުވާގެ ރިޕޯޓް ގެންދަނީ ހުށަހަޅަމުންނެވެ. އެރިޕޯޓްތައް ދިރާސާކޮށް ބެއްލެވުމަށްފަހު ފިޔަވަޅު އެޅުމަށް ކޮމިޝަނުންވަނީ ކޮންމެ ހަފުތާއަކު އެއްދުވަހުގެ ޖަލްސާ ޙާއްސަ ކޮށްފައެވެ. މިބަދަލާއެކު އަދިވެސް ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަނީ ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމުގެ މަސައްކަތް އިތުރަށް އަވަސްކޮށް، ހަލުވިކުރުމަށެވެ.
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022
-
ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން
19 April 2022
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022 12:04
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022 12:04
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022 12:04
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022 12:04