- މުހިންމު މަޢުލޫމާތު
- ކޮމިޝަން
- މެންބަރުން
- މަސައްކަތްތައް
- އަޅުގަނޑުމެންނާ ގުޅުއްވާ
ޚަބަރު /
ނޫސް ބަޔާން
ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނުން ހަދާފައިވާ ޤަވާޢިދު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާ ޚިލާފުކަމަށް ބުނެ، ސުޕީރިއާރ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި މިހާރު ކޮމިޝަނުން ކުރަމުންދާ މަސައްކަތާ ބެހޭގޮތުން ބައެއް ފަރާތްތަކުން ކަމުގެ ޞައްޙަަ މަޢުލޫމާތު ނުހޯދާ، ދައްކަމުން ގެންދާ ވާހަކަތަކާ ގުޅޭގޮތުން ދަންނަވަމެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕީރިއާކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެން މިއަދާހަމައަށްވެސް މިކޮމިޝަނުން މަސައްކަތްކޮށްފައިވާނީ، ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގެ އިމުގެ ތެރެއިން އިންޞާފާއި ހަމަހަމަކަމަށް ބަލައިގެން ކޮމިޝަނުން އެމަސައްކަތަށް އެކުލަވާލި ޕެނަލުގައިި މަޝްވަރާކުރެވިގެންނެވެ. އަދި މި މަސައްކަތުގައި މިއަދާހަމައަށް ކުރެވިފައިވާ އެއްވެސް ކަމެއްގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ހިނގާފައި ނުވާނެކަން، މި ކޮމިޝަނުށް ކަށަވަރު ކޮށްދެމެވެ.
އެހެންކަމުން، ޤާނޫނުއަސާސީއާއި ކަމާބެހޭގޮތުން ހެދިފައިވާ ޤާނޫނުތަކުގެ ދަށުން މިކޮމިޝަނާ މަތިކުރެވިފައިވާ ވާޖިބުތަކާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ކުރަމުން އަންނަ މި މުހިންމު މަސައްކަތާމެދު، ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް، ކަމުގެ ޞައްޙަ މަޢުލޫމާތު ނުހޯދައި، ޙަޤީޤަތާ ޚިލާފު ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022
-
ޑްރަގް ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމުގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަން ނިންމުން
19 April 2022
-
ފަހުގެ ލިޔުންތައް
-
ސިވިލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ ޢަލީއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
26 April 2022 12:04
-
ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމުން
25 April 2022 12:04
-
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އިސްމާޢީލް މާހިރުއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމުން
25 April 2022 12:04
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުން
20 April 2022 12:04