ޚަބަރު / އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށް ކޮމިޝަނުން ނިންމަވައިފި
އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށް ކޮމިޝަނުން ނިންމަވައިފި
އާބާދީގައި 500 މީހުން ހަމަނުވާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަކީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި އައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
ކޮމިޝަނުން މިގޮތަށް ނިންމެވީ ކޯޓްތަކުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް 67 މާއްދާގެ (ނ) ގެ ވާގޮތުން އާބާދީގައި 500 ހަމަނުވާ ރަށްރަށުގައި ތިއްބެވި މެޖިސްޓްރޭޓުން އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހަވާލުކުރެވިގެންވާ މެޖިސްޓްރޭޓް، އެމެޖިސްޓްރޭޓް ކޯޓު ނިސްބަތްވާ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖައްސަވަން ވާނެކަމަށް ބަޔާންކޮށްފައިވާތީއެވެ. އެހެންކަމުން މި ގޮތުން އައްޔަންކުރައްވާ މެޖިސްޓްރޭޓުން ވަޒީފާ އަދާކުރަމުންދާނީ ކޯޓުތަކުގެ ޤާނޫނު އައިއިރު އެ މެޖިސްޓްރޭޓަކު މަސައްކަތް ކުރަމުންދާ ކޯޓުގައިކަމަށާއި، މިގޮތަށް އުފެދިފައިވާ މަގާމުތައް ދެމިއޮންނާނީ ފަނޑިޔާރުންގެ ޤާނޫނުގައި ފަނޑިޔާރެއްގެ މަޤާމު ހުސްވާނެކަމަށް ބުނާ ހާލަތުންކުރެ ހާލަތެއް ދިމާވެގެން އެ މަޤާމެއް ހުސްވުމާ ހަމަޔަށްކަމާއި، މިގޮތުން 500 މީހުން ހަމަނުވާ ރަށްރަށުގައި ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައި ހަމަޖައްސާ މެޖިސްޓްރޭޓުންނަށް އޮޓޮމިޓިކުން ކޯޓުގެ އިސް މެޖިސްޓްރޭޓުންގެ މަޤާމެއް ހަމައެއް ނުޖެއްސޭނެކަމަށާއި، އަދި އެމީހުން ހަމަޖެހިގެންދާނީ އެ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ ގޮތުގައިކަމަށް ކޮމިޝަނުން ނިންމިއެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01