ޚަބަރު / ޖުޑީޝަލް ހަތަރު ދާއިރާއެއްގެ މެޖިސްޓްރޭޓް ކަމަށް ކޮމިޝަނުން ބަދަލުގެންނަވައިފި
ޖުޑީޝަލް ހަތަރު ދާއިރާއެއްގެ މެޖިސްޓްރޭޓް ކަމަށް ކޮމިޝަނުން ބަދަލުގެންނަވައިފި
ޖުޑީޝަލް ހަތަރު ދާއިރާގެ މެޖިސްޓްރޭޓް ކަމަށް ކޮމިޝަނުން ބަދަލުގެންނަވައިފިއެވެ. އެގޮތުން އެ ބޭފުޅުން ކަނޑައެޅުއްވި ކޯޓުތަކާއި ދާއިރާތައް ހަމަޖައްސަވާފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސް މެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ހދ. ވައިކަރަދޫ ގްރީންވިލާ އަލްއުސްތާޛު މުޙައްމަދު ނިޔާޒު ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސް މެޖިސްޓްރޭޓްގެ މަޤާމަށް 18 ސެޕްޓެމްބަރ 2011 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބަދަލުކުރައްވާފައެވެ.
2- އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޝުޖާޢު އުޘްމާން ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ގއ. ވިލިނގިލީ ހިލިހިލާއާގެ އަލްއުސްތާޛު ޝުޖާޢު އުޘްމާން ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް 02 އޮކްޓޯބަރ 2011 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބަދަލުކުރައްވާފައެވެ.
3- ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޙުސައިން މަޒީދު އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ގއ. ގެމަނަފުށީ ދުބުރިމާގެ އަލްއުސްތާޛު ޙުސައިން މަޒީދު އދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަޤާމަށް 02 އޮކްޓޯބަރ 2011 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބަދަލުކުރައްވާފައެވެ.
4- ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަޙްމަދު ޢާމިރު ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި ދ. ބަނޑިދޫ އަލިވާގެ އަލްފާޟިލް އަޙްމަދު ޢާމިރު ދ. ބަނޑިދޫ މެޖިސްްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަޤާމަށް 02 އޮކްޓޯބަރ 2011 ގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ބަދަލުކުރައްވާފައެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01