ޚަބަރު / ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަމުގެ މަޤާމަށް ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު ކަނޑައަޅުއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަމުގެ މަޤާމަށް ކޮމިޝަނުގެ މެންބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު ކަނޑައަޅުއްވައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނާއިބުރައީސަކު ހޮވުމަށް ކޮމިޝަންގެ މިއަދުގެ ޖަލްސާގައި ނެގުނު ސިއްރުވޯޓުން ކޮމިޝަންގެ މެންބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު އެ މަޤާމަށް ކަނޑައަޅުއްވައިފިއެވެ.
މިއަދު ބޭއްވުނު ކޮމިޝަންގެ 103 ވަނަ ޖަލްސާގައި ނާއިބުރައީސަކު ހޮވުމަށް މެންބަރުންނަށް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކޮމިޝަންގެ ނާއިބުރައީސް ކަމުގެ މަޤާމަށް ކުރިމަތި ލެއްވީ ކޮމިޝަންގެ މެނބަރު އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި ކޮމިޝަންގެ މެންބަރު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ. މި ދެބޭފުޅުންގެ މެދުގައި ނެގުނު ސިއްރު ވޯޓުގެ ފުރަތަމަ ބުރުން 5 ވޯޓް 5 ވޯޓުން އެއްވަރު ވުމުން ކޮމިޝަނުން ނިންމެވީ އަލުން ނަންހުށަހަޅައި، އެ ހުށަހެޅޭ ބޭފުޅުންގެ މެދުގައި ސިއްރުވޯޓެއް އަލުން ނެގުމަށެވެ. އެގޮތުން ދެވަނަ ބުރުގައިވެސް ހުށަހެޅިގެން ދިއައީ ކުރިންވެސް ހުށަހެޅުނު ދެމެންބަރުންގެ ނަމެވެ. މި ދެމެންބަރުންގެ މެދުގައި ނެގުނު ދެވަނަ ބުރުގެ ސިއްރުވޯޓުން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒަށް ލިބިވަޑައި ގެންނެވި 06 ވޯޓެވެ. އަދި އަލްއުސްތާޛު ޢަބްދުﷲ ދީދީއަށް ލިބިވަޑައި ގެންނެވީ 04 ވޯޓެވެ. އެހެންކަމުން ކޮމިޝަންގެ ނާއިބުރައީސްކަމުގެ މަޤާމަށް 10 އޮކްޓޯބަރ 2011 ވީ ހޯމަދުވަހުގެ ޖަލްސާއިން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޛުވަނީ އައްޔަނު ކުރައްވާފައެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02