ޚަބަރު / ފަނޑިޔާރުންގެ މަސްޢޫލިއްޔަތާއި، އަމިއްލަ މަސްލަޙަތާއި ތަޢާރުޒްވާ ކަންކަމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު ކޮމިޝަނުން ފާސްކޮށްފި

ފަނޑިޔާރުންގެ މަސްޢޫލިއްޔަތާއި، އަމިއްލަ މަސްލަޙަތާއި ތަޢާރުޒްވާ ކަންކަމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު ކޮމިޝަނުން ފާސްކޮށްފި

02/11/2011

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަމްބަރުގައި ބުނެފައިވާ ފަނޑިޔާރުންގެ މަސްޢޫލިއްޔަތާއި، އަމިއްލަ މަސްލަޙަތާއި ތަޢާރުޒްވާ ކަންކަމުގައި ޢަމަލުކުރާނެގޮތުގެ ޤަވާޢިދު ކޮމިޝަނުން ފާސްކުރައްވައިފިއެވެ.

މި ޤަވާއިދު ކޮމިޝަނުން ފާސްކުރައްވާފައިވަނީ 27 އޮކްޓޯބަރު 2011 ވަނަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 111 ވަނަ ޖަލްސާއިންނެވެ. 22 މާއްދާގެ މައްޗަށް އެކުލެވޭ މިޤަވާޢިދަށް ޢަމަލުކުރަން ފެށުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ 2012 ޖެނުއަރީ 01 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤަވާއިދު ކޮމިޝަނުން މިހާރު ގެންދަނީ ކޯޓުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޮމިޝަންގެ ވެބްސައިޓް www.jsc.gov.mv އިން މި ޤަވާއިދު ލިބިވަޑައި ގަންނަވާނެއެވެ.

ހިމަނާފައިވާ ލިޔުންތައް