ޚަބަރު / ފަނޑިޔާރުން، ރިޓަޔަކޮށްދިނުމުގައި އިސްކަންދޭނެ އުސޫލެއް ކޮމިޝަނުން ކަނޑައަޅައިފި

ފަނޑިޔާރުން، ރިޓަޔަކޮށްދިނުމުގައި އިސްކަންދޭނެ އުސޫލެއް ކޮމިޝަނުން ކަނޑައަޅައިފި

19/02/2012

“އުމުރުން 55 އަހަރުވުމުން އަމިއްލަޔަށް ވަކިވާން ބޭނުންވާ ފަނޑިޔާރުންނަށާ، 55 އަހަރު ނުވިނަމަވެސް ޞިއްހީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅި ކުރުމުގައި ޢަމަލުކުރާނެ ޤަވާއިދު” ގެދަށުން ރިޓަޔަރކުރަން އެދޭ ފަނޑިޔާރުން، ރިޓަޔަކޮށްދިނުމުގައި އިސްކަންދޭނެ އުސޫލެއް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

އެގޮތުން ކޮމިޝަނުން ކަނޑައެޅި އުސޫލުގައި ފަނޑިޔާރުން ރިޓަރޔަކުރުމުމުގައި ޢަމަލުކުރުމުންދާ ޤަވާއިދުގެ ދަށުން ރިޓަރޔަވުމަށް އެދިހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދިނުމުގައި ކޮމިޝަނުން ބަލާނެ އުސޫލަކީ، އުމުރުން ދުވަސްވުމާއި، ބަލިހާލަތު ހުރުގޮތަށާއި، ކޯޓުގައި މަސައްކަތް ނުކުރެވޭކަމަށް އެކޯޓަކުން ލިޔުމެއް ލިބިފައިވާ ބޭފުޅުންނަށެވެ. މިގޮތުން ބަލިހާލަތު ހުރިހޮތުން ރިޓަރޔަކުރުމަށް އެދި ހުށަހަޅާ ފަނޑިޔާރުން ރިޓަރޔަކޮށްދިނުމުގައި އެކަމަށް އެދި ހުށަހަޅާފައިވާ ޑޮކްޓަރުގެ ލިޔުންތަކާއި، އަދިވެސް މިފަދަ ތަކެއްޗަށް ބެލޭނެއެވެ.