ޚަބަރު / ފަނޑިޔާރުންގެ މަސައްކަތް ބިނާވެފައިވާގޮތުގާއި ޖުޑިޝަލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގެ ސާނަވީކުދިންނަށް މަޢުލޫމާތު ދީފި
ފަނޑިޔާރުންގެ މަސައްކަތް ބިނާވެފައިވާގޮތުގާއި ޖުޑިޝަލް ސަރވިސް ކޮމިޝަނާ ގުޅޭގޮތުން ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގެ ސާނަވީކުދިންނަށް މަޢުލޫމާތު ދީފި
ފަނޑިޔާރުންގެ މަސަކަތް ބިނާވެފައިވާގޮތާއި، ފަނޑިޔާރުން އަދާކުރާ މުހިންމު މަސައްކަތާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭގޮތުން ހދ،ކުޅުދުއްފުށީ ޖަލާލުއްދީން ސުކޫލުގެ ސާނަވީ މަރުހަލާގައި ކިޔަވާކުދިންނަށް ޖުޑީސަލް ސަރވިސް ކޮމިޝަންގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.
ޖަލާލުއްދީން ސުކޫލުގައި ކުރިއަށް ގެންދިއަ މިޕްރޮގްރާމުގައި ކުދިންނަށް މަޢުލޫމާތު ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޑެޕިއުޓީ ލީގަލް އޮފިސަރ އަލްއުސްތާޛު ޢަބްދުލްފައްތާޙު ޢަބްދުލްޣަފޫރެވެ. މީގެ އިތުރުން ކުދިންގެ ފަރާތުން ފަނޑިޔާރުންގެ މަސައްކަތާއި، ޖުޑިޝަރީއާ ގުޅޭގޮތުން އަމާޒުވި ސުވާލުތަކަށް ޖަވާބުދެއްވީ ކޮމިޝަންގެ މެމްބަރު އަދި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި، ކޮމިޝަންގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލްއުސްތާޛު އަޙުމަދު ރަޝީދެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގައި އަމަން އަމާންކަން ގާއިމުކުރުމަށްޓަކައި ފަނޑިޔާރުންނަށް ދީފައިވާ އަހަންމިއްޔަތާއި، ފަނޑިޔާރުން އަދާކުރަމުންދާ މުހިންމު މަޝްޢޫލިއްޔަތާއި ދީނީ އަދި ޤައުމީ ވާޖިބު ހަނދާންކޮށްދިނުމާއި ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގައި އުފެދެމުން އަންނަ ޒުވާންޖީލް އަދަބުއިޙުތިރާމް އަދާކުރާ ބަޔަކަށް ހެދުމެވެ.
މިޕްރޮގްރާމްގެ ދަށުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވަނީ ދަރުމަވަންތަ ސުކޫލާއި، އަމީނިއްޔާ ސުކޫލުގައި މިޕްރޮގްރާމް ހިންގާފައެވެ. މީގެ އިތުރުން ހުސްވި މެއި މަހުގެ ތެރޭގައި ވިލާކޮލެޖުގައި ޑިގްރީ ބައެއް ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްވެސް ވަނީ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01