ޚަބަރު / ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުން މަޢުލޫމާތު ބަދަލުކުރުމުގެ ދަތުރެއްގައި މޮރިޝަސްގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފި
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުން މަޢުލޫމާތު ބަދަލުކުރުމުގެ ދަތުރެއްގައި މޮރިޝަސްގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފި
03/07/2012
ކޮމަންވެލުން އިންތިޒާމުކޮށްގެން، މަޢުލޫމާތު ބަދަލުކުރުމުގެ ދަތުރެއްގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން މޮރިޝަސްގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަނަށް ޒިޔާރަތްކޮށްފިއެވެ.
ޖޫން މަހުގެ 24 ން 30 އަށް ކުރިއަށް ގެންދިއަ މި ޕްރޮގްރާމުގައި ރާއްޖޭގެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ 6 މެމްބަރުންނާއި 9 މުވައްޒަފުން ބައިވެރިވެލެއްވިއެވެ. މި ސްޓަޑީ ޓުވަރގައި މޮރިޝަސްގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަނާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމު ބައްދަލުވުންތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. އެގޮތުން މޮރިޝަންގެ ޖުޑީޝަލް ލީގަލް ސަރވިސް ކޮމިޝަން ރޭވިފައިވާގޮތާއި، އެޤައުމުގެ ޝަރުޢީދާއިރާ ބައްޓަންވެފައިވާގޮތާއި، ފަނޑިޔާރުންގެ ކަންކަން ކުރިއަށްގެންދިއުމުގައި، ޢަމަލުކުރާގޮތާއި، ރާއްޖޭގެ ޖުޑީޝަރީ ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތަކާމެދު ދެ ކޮމިޝަންގެ މެމްބަރުންގެ މެދުގައިވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. މި ބައްދަލުވުންތަކުގައި މޮރިޝަންގެ އެކްޓިން ޗީފް ޖަސްޓިސްއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެލެއްވިއެވެ. އަދި ކޮމަންވެލްތު ލީގަލް އެފެއާޒު ސެކްރެޓޭރިއަޓް މިސްޓަރ އަކްބަރު ޙާނުވެސް ބައިވެރިވެ ލެއްވިއެވެ. މި ސްޓަޑީ ޓްވަރގައި ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަން މުޙައްމަދު ޢަބްދުﷲ އާއި ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި، ކޮމިޝަންގެ މެމްބަރުންކަމުގައިވާ، އަލްއުސްތާޛު، ޢަބްދުﷲ ޙަމީދު، އަލްފާޟިލް މުޙައްމަދު ފަޙުމީ ޙަސަން، އަލްއުސްތާޛު މުޙައްމަދު ސަލީމް، އަލްއުސްތާޛު، އަޙުމަދު ރަޝީދު ބައިވެރިވެލެއްވިއެވެ.
މި ސްޓަޑީ ޓްވަރގައި މޮރިޝަސްގެ ޕަބްލިކް ސަރވިސް ކޮމިޝަނާއި، އެޓަރނީޖެނެރަލާއި، އަދި މޮރިޝަންގެ ބަރ އެސޯސިއޭޝަން (ޤާނޫނީ ވަކީލުންގެ ޖަމިއްޔާ) ގެ އިތުރުން ލޯ ކޮމިޝަންގެ ރައީސްއާވެސް ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެބޭފުޅުންނާއެކު ވަނީ މަޝްވަރާ ބައްދަލުވުންތައް ބޭއްވި، ރާއްޖޭގެ ޖުޑީޝަރީ ހަރުދަނާކުރުމުގައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުން ހައްލުކުރުމާމެދު ފުޅާދާއިރާގައި މަޝްވަރާކުރެވިފައެވެ. މި ޕްރޮގްރާމަށް ފަނޑުކޮށްދެއްވާފައިވަނީ ކޮމަންވެލުތުންނެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01