ޚަބަރު / ނޫސް ބަޔާން
ނޫސް ބަޔާން
ރާއްޖޭގައި އަދުލުއިންސާފު ޤާއިމުކުރުމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށާއި، ކޯޓުތަކުގެ މަސައްކަތަށް ނުފޫޒުފޯރުވައި، ފަނޑިޔާރުންނަށް ބިރުދައްކައި ތަފާތު އިންޒާރުތައް ދެމުންގެންދާ ކަމުގެ މަޢުލޫމާތު މިކޮމިޝަނަށް ލިބެމުންދާތީ އެކަން މި ކޮމިޝަނުން ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ. އަދި މިފަދަ ދަށުދަރަޖައިގެ ޢަމަލުތަކަކީ، ރާއްޖެގައި އަދުލު އިންޞާފު ޤާއިމުކުރުމަށް ލިބިފައިވާ މިނިވަން އަމާން މާހައުލަށް ހުރަސްއެޅޭނެ ކަމެއްކަމަށްވެސް މިކޮމިޝަނުން ދެކެމެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އިން އެއްވެސް ފަރުދަކަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒުފޯރުވުމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީން މަނާކޮށްފައިވާ ކަމެއްކަން އެނގެއެވެ. އަދި ހަމައެއާއެކު މިފަދަ ޢަމަލުތަކީ އޭގެ ސަބަބުން އެތައް ބައެއްގެ ޙައްޤުތައް ގެއްލި، ޙައްޤުތައް ހޯދުމަށް ލިބިފައިވާ ފުރުޞަތަށް ހުރަސްއެޅޭނެކަމެއް ކަމަށްވެސް މިކޮމިޝަނުން ދެކެމެވެ.
އެހެންކަމުން މިކޮމިޝަނުން ޢިލްތިމާސްކުރަނީ އެއްވެސް ފަރާތަކުން، އެއްވެސް ހާލަތެއްގައި، ފަނޑިޔާރުންގެ މަސައްކަތަށް ބުރޫއަރައި، ނުފޫޒުފޯރާފަދަ އެއްވެސް ޢަމަލެއް އެއްވެސް ސިފައެއްގައި ނުކުރުމަށެެވެ. އަދި މިފަދަ ކަންކަމަކީ އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު ނާޅައި ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ހެދިފައިވާ ޤާނޫނުތަކުގެ އިމުގެ ތެރެއިން މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މިކޮމިޝަނުން ގޮވާލަމެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަމާމެދު ޤާނޫނީ އިމުގެތެރެއިން އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމަކަށް މިކޮމިޝަނުން ފަހަށް ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.
އަދި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީގޮތުން ދިވެހިރާއްޖޭގައި އުފެދިފައިވާ އެންމެހާ ކޯޓުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަކީ، މުޅިޤައުމުގެ ހަމަޖެހުމާއި، އަމަން އަމާންކަން އެކަމާ ގުޅިފައިވާ ކަމެއްކަމަށް މިކޮމިޝަނުން ދެކޭ ހިނދު، ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރައްވާ މަސައްކަތްތަކަށް، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދެއްވައި އަދި ކޯޓުތަކުގެ ހުރުމަށްތެރިކަން ދެމެހެއްޓުމަށްޓަކައި އަދި ކޯޓުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކޮށްދެއްވުމަށް މިފުސަތުގައި، އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
-
ފަހުގެ ލިޔުންތައް
-
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
06 December 2023
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
20 November 2023
-
ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާޢީލްއާ ހަވާލުކުރުން
20 November 2023
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
16 November 2023
-
މެޖިސްޓްރޭޓްކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
09 November 2023
-
ފަހުގެ ލިޔުންތައް
-
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުﷲ ޙަމީދު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރުން
06 December 2023 12:12
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމް ހުރި މަޤާމަށްވުރެ ދަރަޖަ ދަށް ކުރުމަށް ނިންމުން
20 November 2023 12:11
-
ހދ.ޖުޑީޝަލް ދާއިރާ ހިންގުން ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާޢީލްއާ ހަވާލުކުރުން
20 November 2023 12:11
-
ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ޢައްޔަންކުރުމަށް ނިންމުން
16 November 2023 12:11