ޚަބަރު / 01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު ވަޒިފާއިން މުސްކުޅިކުރުމަށް ނިންމައިފި
01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު ވަޒިފާއިން މުސްކުޅިކުރުމަށް ނިންމައިފި
01 ނޮވެމްބަރު 2012 އިން ފެށިގެން 04 މެޖިސްޓްރޭޓަކު “ޢުމުރުން 55 އަހަރުވުމުން އަމިއްލައަށް ވަކިވާން ބޭނުން ފަނޑިޔާރުންނަށާއި 55 އަހަރު ނުވިނަމަވެސް ޞިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކޮށް އިނާޔަތް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު” ގެ ދަށުން ވަޒިފާއިން މުސްކުޅިކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ. އެގޮތުން މި ޤަވާއިދުގެ ދަށުން ރިޓަޔަކުރެވިގެންދަނީ، ތިރިގައިވާ 04 ބޭފުޅުންނެވެ.
އަލްފާޟިލް ޢީސާ ޙުސައިން (މުސްތަރީގެ، ތ.ވޭމަންޑޫ) ، މެޖިސްޓްރޭޓް - ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓް
އަލްފާޟިލް ޢަބްދުﷲ ޢަފީފް (ހިތައްފިނިވާގެ، ލ.މާމެންދޫ)، މެޖިސްޓްރޭޓް- ލ. ގަމު މެޖިސްޓްރޭޓް ކޯޓް (ތުނޑީ ސެކްޝަން)
އަލްފާޟިލް މުޙައްމަދު އިބްރާހީމް (އުތުރުގެ، ތ.ތިމަރަފުށި) - މެޖިސްޓްރޭޓް (މ.ޖުޑީޝަލް ދާއިރާ) މ. ވޭވަށު މެޖިސްޓްރޭޓް ކޯޓް
އަލްފާޟިލް މޫސާ އަބޫބަކުރު (ނިވުހޯޕް، ހދ.ކުޅުދުއްފުށި) - ކޯޓް އިސްމެޖިސްޓްރޭޓް، ހދ. ކުރިނބީ މެޖިސްޓްރޭޓް ކޯޓް
މި ހަތަރު ބޭފުޅުންނަކީވެސް ބަލިހާލު ހުރިގޮތުންނާއި، ޞިއްިޙީ ތަފާތު މައްސަލަތަކުގެ ސަބަބުން ފަނޑިޔާރުކަމުން ރިޓަޔަކުރެއްވުމަށް އެދިލައްވާފައިވާ 04 ބޭފުޅުންނެވެ.
ކޮމިޝަނުން ވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައިި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް ކ.ގުޅި، ޑޭލައިޓް އަލްއުސްތާޛު މުޙައްމަދު ޢާމިރާއި އަދި ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޅ. ނައިފަރު، ސިނަމާގެ އަލްއުސްތާޛު މުޙައްމަދު މޫސާ، ޢައްޔަންކުރައްވައި މަޤާމުގެ ހުވާކުރައްވައި އެ ދެ ބޭފުޅުންނަށް މަޤާމު ފަތްކޮޅު ދެއްވައިފިއެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023 12:01