ޚަބަރު / ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް ބަދަލު ގެންނަވައިފި
ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް ބަދަލު ގެންނަވައިފި
ފަސްމެޖިސްޓްރޭޓެއްގެ މަޤާމަށް 1 ޖެނުއަރީ 2013 އިން ފެށިގެން ބަދަލު ގެންނަވަން ކޮމިޝަނުން ނިންމަވައިފިއެވެ.
އެގޮތުން މަޤާމަށް ބަދަލުގެންނެވި ފަސްބޭފުޅުންނަކީ، ލ.ގަމު މެޖިސްޓްރޭޓް ކޯޓް (ތުނޑީ އަވަށު ސެކްޝަން) ގެ މެޖިސްޓްރޭޓްކަމުގައި ހުންނެވި އަލްފާޟިލް ޢަބްދުﷲ އަފީފް މަޤާމުން މުސްކުޅި ކޮށްފައިވާތީ، އެ ސެކްޝަނުގައި ދެން ހުންނެވި އަލްފާޟިލް ޢަލީ މުޙައްމަދު ލ.ގަމު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ހަމަޖެއްސެވުމާއި،
ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަޤާމުގައި ހުންނެވި، އަލްފާޟިލް ޢަބްދުލްވައްޙާބު ޙަސަންފުޅު ތ.ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވުމާއި،
ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގައި ދެ މެޖިސްޓްރޭޓުން ތިއްބަވަނިކޮށް، އެ ދެ ބޭފުޅުންގެ ތެރެއިން އަލްފާޟިލް ޢަބްދުއްޞަމަދު ޢަބްދުﷲ ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ ކޯޓުގައި ދެން ހުންނެވި މެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މުޞްޠަފާ ރ.ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓް ކަމަށް ހަމަޖެއްސެވުމާއި،
ގއ.ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްގެ މަޤާމަށް އަލްފާޟިލް ޢަބްދުﷲ ފަހުމީ ހަމަޖެއްސެވުމާއި، އަދި ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގައި ދެ މެޖިސްޓްރޭޓުން ތިއްބަވަނިކޮށް، އެ ދެ ބޭފުޅުންގެ ތެރެއިން އަލްފާޟިލް ޢަބްދުލްޢަޒީޒު މޫސާ ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ ކޯޓުގައި ދެން ހުންނެވި މެޖިސްޓްރޭޓް އަލްފާޟިލް ޖަޢުފަރު ރަޝީދު ގދ.ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓުގެ ކޯޓް އިސްމެޖިސްޓްރޭޓްކަމަށް ހަމަޖެއްސެވުމެވެ.
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
30 January 2023
-
ފަހުގެ ލިޔުންތައް
-
ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
31 January 2023 12:01
-
ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމުން
30 January 2023 12:01