ޚަބަރު / ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” ކޮމިޝަންގެ ރައީސް ހާޒިރުނުވި ސަބަބު ވާނީ އަންގާފައި

ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” ކޮމިޝަންގެ ރައީސް ހާޒިރުނުވި ސަބަބު ވާނީ އަންގާފައި

13/02/2013

ރައްޔިތުންގެ މަޖިލީހުގެ “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” އަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް 11 ފެބްރުއަރީ 2013 ވަނަ ދުވަހުގެ ހަވީރު 16:00 އަށް ވަޑައިނުގެންނެވި ސަބަބު 11 ފެބްރުއަރީ 2013 ވަނަ ދުވަހުގެ 14:30 ގެ ކުރިން ރަސްމީ ސިޓީއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އަދި “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” ގެ މުގައްރިރަށް ވާނީ އަންގާފައެވެ. އަދި މި ދެސިޓީ ރައްޔިތުންގެ މަޖިލީހުން ވަނީ މިދެންނެވި ވަގުތުގައި ބަލައިވެސް ގަންފައެވެ.

އެގޮތުން ކޮމިޝަންގެ ރައީސް ގެ ފަރާތުން ކޮމިޝަނުގެ ސެކްރެޓްރީ ޖެނެރަލް މި ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވާފައިވާ މި ސިޓީގައި “ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީ” އަށް ހާޒިރުމުގައި ޤާނޫނީގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމާއި، އަދި “ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު” ގައި މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުން ޖަވާބުދާރީ ކުރުވުމަށްޓަކައި ކަނޑައަޅައި ބަޔާންކޮށްފައިވާ ހަމަތަކާ އުޞޫލުތަކާ އެއްގޮތަށްކަމަށް ނުވާތީ ޤަވާޢިދުގައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެދިވަޑައިގެންފިނަމަ،  ޤާނޫނީ އިމުގެ ތެރެއިން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ  ކަމަށްވެސް އެސިޓީގައި ވިދާޅުވެފައިވާނެއެވެ.

ހިމަނާފައިވާ ލިޔުންތައް