ޚަބަރު / މީޑިއާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކޮމިޝަނުން ބާއްވައިފި

މީޑިއާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކޮމިޝަނުން ބާއްވައިފި

08/05/2013

މީޑިއާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ރޫމުގައި ކުރިއަށް ގެންދިއަ މި ބައްދަލުވުގައި މައިގަނޑުގޮތެއްގައި ހިއްސާކުރެވިފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި ޖުޑީޝަލް  ސަރވިސް ކޮމިޝަން އުފެދިގެން އައިގޮތާއި ކޮމިޝަންގެ މެންޑޭޓާއި ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ކޮމިޝަނުން އަދާކުރަމުންގެންދާ ދަޢުރާއި ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް  ބެލުމުގައި ޢަމަލުކުރަމުންދާގޮތާއި، ފަނޑިޔާރުންނާގުޅޭގޮތުން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމުގައި މިހާރު ހޯދިފައިވާ ކާމިޔާބުތަކާއި އަދި މިކަމުގައި ހުރިގޮންޖެހުންތަކުގެ އިތުރުން ކޮމިޝަނުން މިހާތަނަށް ހާސިލްކޮށްފައިވާ ކާމިޔާބުތައްވަނީ މީޑިއާގެ ބޭފުޅުންނާ ހިއްސާކޮށްފައެވެ.

މި ބައްދަލުވުން ފައްޓައިދެއްވީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ. މީގެ އިތުރުން މި ބައްދަލުވުންފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛު ޢަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު އަބްދުﷲ ޙަމީދާއި ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް އަލްފާޟިލް އަބުބަކުރު މުހައްމަދާއި އިދާރީ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.