ޚަބަރު / ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދާ ބެހޭގޮތުން ލީކުވެފައިވާފައިވާކަމަށް ބުނާ ވީޑިއޯގެ މައްސަލަ އާ ގުޅިގެން ކޮމިޝަނުން މިކަމުގައި ތުހުމުތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަ ތަޙްޤީޤުކުރަން ނިންމައި އެކަމަށްޓަކައި ކޮމެޓީއެއް އެކުލަވާލައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދާ ބެހޭގޮތުން ލީކުވެފައިވާފައިވާކަމަށް ބުނާ ވީޑިއޯގެ މައްސަލަ އާ ގުޅިގެން ކޮމިޝަނުން މިކަމުގައި ތުހުމުތު ކުރެވޭ ފަނޑިޔާރުންގެ މައްސަލަ ތަޙްޤީޤުކުރަން ނިންމައި އެކަމަށްޓަކައި ކޮމެޓީއެއް އެކުލަވާލައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދާ ބެހޭގޮތުން ލީކުވެފައިވާފައިވާކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލަ އާ ގުޅިގެން ކޮމިޝަނުން މިކަމުގައި ތުހުމުތު ކުރެވޭ ފަނޑިޔާރާބެހޭ މައްސަލަ ތަޙްޤީޤުކުރުމަށް ނިންމައި އެކަމަށްޓަކައި 05 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
މިއަދު ބޭއްވި ކޮމިޝަންގެ 66 ވަނަ ބައްދުވުމުގައި މިޝަކުވާ ތަޙްޤީޤުކުރުމަށް ކޮމިޝަނުން ނިންމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކޮމިޝަންގެ 9 މެމްބަރުންގެ ތެރެއިން ރިޔާސަތުފިޔަވައި ދެންތިއްބެވި 8 މެންބަރުންގެ އިއްތިފާޤުންނެވެ. އެގޮތުން މި ޝަކުވާ ތަޙްޤީޤުކުރުމަށް ނިންމުމާ ގުޅިގެން އެކަމަށްޓަކައި ވަނީ 05 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އެކަލަވާލާފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަންގެ 03 މެންބަރުންކަމުގައިވާ ކޮމިޝަންގެ ނާއިބުރައީސް އަލްއުސްތާޛް ޢަބްދުﷲ ދީދީއާއި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛާ ލަޠީފާ ޤާސިމާއި ކޮމިޝަންގެ މެންބަރު އަލްއުސްތާޛް އަޙްމަދު ރަޝީދެވެ. މިގެ އިތުރުން ކޮމިޝަނުން ބޭރު 02 ބޭފުޅުންގެ ގޮތުގައި މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ދެ ބޭފުޅުން ކަމުގައިވާ އަލްއުސްތާޛް ޙުސައިން ސިރާޖާއި އަލްއުސްތާޛް މުޙައްމަދު އަނިލެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދާ ބެހޭގޮތުން ލީކުވެފައިވާފައިވާކަމަށް ބުނާ ވީޑިއޯއާ ގުޅިގެން މީޑިއާ ތަކުގައި މި ޚަބަރު ފެތުރެން ފެށުމާއެކު ކޮމިޝަނުން ވަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ ޝަކުވާއެއްގެ ގޮތުގައި މި ޝަކުވާ ބަލަން ފަށާފައެވެ. އަދި މި ކަމާގުޅޭގޮތުން 02 ޖުލައި 2013 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިކަމާ ގުޅޭގޮތުން ފޮނުވި ސިޓީއާއެކު މިއަދު މި ކަމަށްޓައި ކޮމިޝަނުން ޖަލްސާއެއް އެޖެންޑާކޮށް، މި ޝަކުވާ މިހާރުވަނީ ތަޙްޤީޤުރަން ނިންމައި ތަޙްޤީޤު ކޮމެޓީއެކުލަވާލާފައެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02