ޚަބަރު / ނޫސް ބަޔާން
ނޫސް ބަޔާން
17 ޖުލައި 2013 ގައި ބޭއްވުނު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ 68 ވަނަ ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދާ ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްގައި ފަނޑިޔާރު އަލީ ޙަމީދު ސަސްޕެންޑް ކުރުމަށް ނުފެންނަކަމަށް ކޮމިޝަންގެ ޖަލްސާއިން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ.
ކޮމިޝަނުން 17 ޖުލައި 2013 ގައި ކުރިއަށް ގެންދެވުނު ކޮމިޝަންގެ ރަސްމީ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ، ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދާ ބެހޭގޮތުން ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ ޝަކުވާގައި، ފަނޑިޔާރު އަލީ ޙަމީދު ގެ މައްޗަށް ވަގުތީ ފިޔަވަޅެއް އެޅުމަށްޓަކައި ތަޙްޤީޤު ކޮމެޓީން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދުގައެވެ. މި މައްސަލާގައި މެމްބަރުން ބަހުސްކުރައްވައި ފުރަތަމަ ހުށަހެޅުނު ހުށަހެޅުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދު ސަސްޕެންޑް ނުކުރުމަށް ހުށަހެޅުނު ހުށަހެޅުމެވެ. ނަމަވެސް މި ނިންމުން ފާހެއް ނުވިއެވެ.
އިސްވެދެންނެވުނު ޖަލްސާގައި ކޮމިޝަންގައި ދެވަނައަށް ހުށަހެޅުނު ހުށަހެޅުމަކީ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދު ގެ މައްޗަށް ވަގުތީ ފިޔަވަޅެއް އެޅުމުގެ ކުރިން، މިހާރު ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު މަޢުލޫމާތުތަކެއް ސާފުކޮށްގެން އަލުން ކޮމިޝަނަށް ގެނައުމަށެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމިޝަންގެ އަޣުލަބިއްޔަތަށް ބުރެވެވުނީ ފަނޑިޔާރު އަލްއުސްތާޛު އަލީ ޙަމީދުގެ ޝަކުވާ ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމުމުގެ ކުރިން ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު މަޢުލޫމާތުތަކެއް ސާފުކުރުމަށް ބޭނުންވާކަމަށާއި، (ކޮމިޝަނުންގެ މެމްބަރުން ޖަލްސާގައި ފާހަގަކޮށްފައިވާ މަޢުލޫމާތުތައް) އެ މަޢުލޫމާތުތައް މިޝަކުވާ ތަޙްޤީޤުކުރާ ކޮމެޓީން ހޯއްދެވުމަށްފަހު، ރިޕޯޓު އަލުން މުރާޖާކޮށް މި މައްސަލަ ކޮމިޝަނަށް އަލުން އެޖެންޑާކުރުމަށެވެ.
ވީމާ، މިފަދަ ޚަބަރުތައް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް މީޑިއާތަކުން އާންމުކުރުމަކީ އޭގެ ސަބަބުން ފިތުނަ ފަސާދަ އުފެދި ޤައުމުގެ ހަމަޖެހުމަށް ބުރޫއަރާނެކަމެއްކަމަށްވާތީ، ކަމުގެ ހަޤީޤަތް ސާފުކުރުމަކާނުލައި އެއްވެސް ފަރާތަކުން މިފަދަ ޚަބަރުތައް އާންމުކޮށް ޝާއިޢު ނުކުރުމަށް މި ކޮމިޝަނުން ޢިލްތިމާސްކުރަމެެވެ.
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023
-
ސިވިލް ކޯޓުގެ ޤާޟީ އާދަމް އިބްރާހިމް އިސްމާޢީލްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމުން
22 February 2023
-
ފަހުގެ ލިޔުންތައް
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ މަޢުލޫމާތު
28 March 2023 12:03
-
ކްރިމިނަލް ކޯޓު އަދި ގއ.ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ޙަވާލުކުރުން
13 March 2023 12:03
-
ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ނިންމުން
06 March 2023 12:03
-
ތ.ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުﷲ ޙުސައިން، ތ.ކިނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުން
22 February 2023 12:02