ޚަބަރު / ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ރާޣިބު އަޙުމަދު، ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފި

ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ރާޣިބު އަޙުމަދު، ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފި

13/08/2013

ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމުގައި މިހާރު ހުންނެވި އަލްފާޟިލް މުޙައްމަދު ރާޣިބު އަޙުމަދު 18 އޯގަސްޓް 2013 ން ފެށިގެން ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްކަމަށް ބަދަލުކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިގޮތަށް ނިންމީ، ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްދިނުން އެދި ގދ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބު އަޙުމަދު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ސިޓީ ފޮނުވުމާގުޅިގެން އެ މެޖިސްޓްރޭޓްގެ ވަޒީފާ ވ.ޖުޑީޝަލް ދާއިރާއަށް ބަދަލުކޮށްފިނަމަ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް އަންނާނެ ބަދަލުތަކާއި، މިހާރު އެ ކޯޓުގައި ހުރި މައްސަލަތަކުގެ އަދަދާއި ގދ.ޖުޑީޝަލްދާއިރާގައި މެޖިސްޓްރޭޓުން ތިއްބެވި އަދަދުގެ އިތުރުން ވ.ޖުޑީޝަލް ދާއިރާގައި މެޖިސްޓްރޭޓުން ޤާއިމުވެ ތިއްބެވި ކޯޓުތަކާބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މަޝްވަރާކުރެއްވުމަށްފަހު ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބު އަޙްމަދު، އެދިލައްވާފައިވާ ގޮތަށް ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކޮށްދެއްވުމަށް އެދި މި ކޮމިޝަނުގައި ދެންނެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަން ބަޔާންކޮށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު 05 އޯގަސްޓް 2013 ގައި ކޮމިޝަނަށް ފޮނުއްވި ސިޓީފުޅާގުޅިގެން، ކޮމިޝަނުގައި މިކަމާމެދު މަޝްވަރާކުރުމަށް ފަހު މިކަމުގައި އެންމެ މަޞްްލަޙަތު އޮތްގޮތަކީވެސް ގދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙައްމަދު ރާޣިބު އަޙުމަދު ވ.ޖުޑީޝަލް ދާއިރާއަށް ބަދަލުކުރުން ކަމުގައި ފެންނާތީއާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސިޓީ ކޮމިޝަނަށް ލިބުނުއިރު ވ.ޖުޑީޝަލްދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްގެ މަޤާމަށް އިޢުލާނުކުރެވިފައިވިޔަސް އެއިޢުލާނާގުޅިގެން ކުރަންޖެހޭ ކަންކަން ފުރިހަމަކުރެވިފައި ނުވާތީއާއި އަދި ވ.ޖުޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްކޮށްއޮތުމުންކަމަށް ވާތީއެވެ.

އަދި މި ނިންމެވުމާ ގުޅިގެން ވ.ޖުޑީޝަލްދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓްގެ މަޤާމަށް ބޭފުޅަކު ހަމަޖެއްސެވުމަށް ކޮމިޝަނުން ކުރިން ކޮށްފައިވާ އިޢުލާނު ކޮމިޝަނުން ވަނީ ބާޠިލް ކޮށްފައެވެ.

ހިމަނާފައިވާ ލިޔުންތައް