ޚަބަރު / 03 ބޭފުޅަކު މެޖިސްޓްރޭޓުކަމަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމައިފި

03 ބޭފުޅަކު މެޖިސްޓްރޭޓުކަމަށް އައްޔަނުކުރުމަށް ކޮމިޝަނުން ނިންމައިފި

13/08/2013

މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ، ކަނޑައަޅާފައިވާ ކުރައިޓީރިއާއަށް ފެތޭ ފަރާތްތަކާ، ސުޕީރިއަރ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ޕެނަލުން އިންޓަރވިއުކޮށް ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް ތިން ބޭފުޅަކު މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމައިފިއެވެ.

އެގޮތުން މެޖިސްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމާފައިވަނީ

އަލްއުސްތާޛު އަޙްމަދު ޝަރީފް، (ދަފްތަރު ނަންބަރު: 2111)- ކ.ގާފަރު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓްކަމަށް


އަލްއުސްތާޛު މޫސާ ނަޞީރު (ގިރިޓީގެ/.އއ.ތޮއްޑޫ) - އއ.ފެރިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓްކަމަށް


އަލްއުސްތާޛު މުޙައްމަދު ޒާހިދު، (އިލާޒާ/ރ.ހުޅުދުއްފާރު) - ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ  ކޯޓު އިސްމެޖިސްޓްރޭޓްކަމަށް
 

މި ތިން ބޭފުޅުން މަޤާމުގެ ހުވާކުރުމާއި، އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުވުން މި ހަފުތާތެރޭ ބޭއްވުމަށް ކޮމިޝަނުން ދަނީ ތައްޔާރުވަމުންނެވެ.